ރައީސް ވިދާޅުވީ، މިދިޔަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ޖުމްލަ 35 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓު ހަރަދުކޮށްފައިވާ ގޮތުގެ ތަފްސީލުތައް ހާމަނުކޮށްގެން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ބައެއް ތަފްސީލުތައް ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވައި ދެއްވުމަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ 2024 ވަނަ އަހަރުގެ 53.1 ބިލިއަން ރުފިޔާގެ ބަޖެޓު ހަރަދުކުރި ގޮތް ހާމަކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.ރައީސް ވިދާޅުވީ ބަޖެޓުގެ 34.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ ރިކަރަންޓު ހަރަދުތަކަށް ކަމަށެވެ. އޭގެ ތެރެއިން 13.6 ބިލިއަން ރުފިޔާ އަކީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް ހަރަދުވި ފައިސާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.ރައީސް ވިދާޅުވީ ރިކަރަންޓް ހަރަދުގެ ތެރެއިން އެކިކަހަލަ ގްރާންޓްތަކާއި ސަބްސިޑީއަށް 10.5 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އަދި އޮޕަރޭޝަނަލް ހިދުމަތްފަދަ ކަންކަމަށް ހަ ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި ޖުމްލަ 18.3 ބިލިއަން ރުފިޔާ، މިދިޔަ އަހަރުގެ ބަޖެޓުން ހަރަދުކޮށްފައިވާއިރު، އޭގެތެރެއިން 11.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.ރައީސް އިތުރަށް ވިދާޅުވީ؛
ރައީސް ވިދާޅުވީ ނޮވެމްބަރު 17، 2023 ގެ ކުރިން ނަގާފައިވާ ބޭރުގެ ލޯނުތައް ދެއްކުމަށް މިދިޔަ އަހަރުގެ ބަޖެޓުން ޖުމްލަ 3.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެތެރޭގެ ދަރަނި ދެއްކުމަށް 3.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ."އަދި ސަރުކާރުން އެކިއެކި މަސައްކަތްތައް ކުރުމަށް އަމިއްލަ ފަރާތްތަކަށާއި، ކުންފުނިޔަކާއި ހަދާފައިވާ އެހްރިމެންޓްތަކުގެ ދަށުން ލޯކަލް ވެންޑަރުން ހުށަހަޅާފައިވާ ބިލުތަކަށް 6.4 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި،" ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ، މިދިޔަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ޖުމްލަ 35 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މިދިޔަ އަހަރުގެ ބަޖެޓް ހަރަދުކުރި ގޮތުގެ ތަފްސީލު ރައީސް ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ