ބެންކް އެކައުންޓުން ފައިސާ ގެއްލެނީ ކަސްޓަމަރުންގެ ފަރުވާ ކުޑަ ކަމުން: ޝަރީފް

ބެންކް އެކައުންޓުން ފައިސާ ގެއްލެނީ ކަސްޓަމަރުންގެ ފަރުވާ ކުޑަ ކަމުން ކަމަށާއި މިކަމުގައި ބޭންކްގެ މައްސަލަ އެއް ނެތް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖްލީހުގައި ފަހަކަށް ައިސް ބޭންކް އޮފް މޯލްޑިވްސް ގެ ކަސްޓަމަރުންގެ އެކައުންޓްތަކުން ފައިސާ ގެއްލޭ މައްސަލަ ފެންމަތިވަމުން ދިޔުމާއި ގުޅީގެން ކުއްލި މައްސަލަވަނީ ހުށަހަޅާފައެވެ.
މިކަމަށް ބަހުސް ކުރަމުން ޝަރީފް ވިދާޅުވެފައިވަނީ އެއްވެސް ޒިންމާދާރު ކަމެއްނެތި މަޖްލީހުގެ މެމްބަރުން
މި މައްސަލަ ސިޔާސީ ކޮށްގެން ވާހަކަ ދައްކާކަމާއި ދޭތެރޭ އޭނާ ކަންބޮޑުވެ ހިތާމަ
ކުރާކަމަށެވެ.
Advertisement
ބެންކަކީ އެތައް ލައްކަ ކަސްޓާމަރުންނެއް އެތައް ލައްކަ އެކައުންޓެއް އޮތް
ތަނެއް ކަމަށް ފާހަގަކޮށް ފުޅާ ވަމުންދާ އިންޓަނެޓް ގެ ޒަރިއްޔާއިން ބޭންކް ކުރުމުގައި
ފައިސާތަކެއް ގެއްލޭ ކަން ޔަގީންކަމާއިއެކު ގަބޫލްކުރާކަމަށް ޝަރީފް ވިދާޅުވިއެވެ.
އެހެންނަމަވެސް ބޭންކްގެ އިތުބާރު ގެއްލި ބޭންކުން މި މައްސަލައާއި ދޭތެރޭ އެއްވެސް
ފިޔަވަޅެއް ނާޅާ ކަންވެސް ސިޔާސީ ކޮށްގެން ވާހަކަ ދައްކާކަމީ ވަރަށް ހިތާމް ހުރި
ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ބޭންކުން އިތުބާރު ގެއްލުވާލުމަށްް ބަޔަކު ހިންގާ ސޯސަލް މީޑިއާ ކެމްޕެއިންގެ
މި މަޖްލިސް ދަޅާގައި ޖެހިގެން، މި ސިޔާސީ ގޮތުން ތިމަންމެންނަށްް ފަހި ފުރުސަތެއް
ކަމަށް ދެކިގެން، ބޭންކްގެ އިތުބާރު ނަގާލަން ކުރެވޭ މި މަސައްކަތުގައި
އިއްޒަތްތެރި މެމްބަރުން ބައިވެރި ވާކަން އަޅުގަނޑު ކުށްވެރި ކުރަން." ޝަރީފް ވިދާޅުވިއެވެ.
މިގޮތަށް މިކަން ކޮށްފިނަމަ މުޅި ރާއްޖޭގެ އިގްތިޞާދު ސުންނާފަތިވެ ހަލާކު
ވެދިޔުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި ދިވެހި ރާއްޖޭގަ އޮތް ރައްޔިތުންގެ
ބެންކް ބަނގުރޫޓުވެ މި ގައުމު އިނދަޖެހުމުގެ ފުރުސަތު ވެސް ވަރަށް ބޮޑު ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
އަދި މިކަމުގެ މިސާލު ދުނިޔޭގެ އެތައް ބެންކުގެ ތާރީހުން ފެންނަން ހުރި ކަމަށް ޝަރީފް ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ޝަރީފް ވަނީ ކޮވިޑްގެ ދުވަސްވަރުގެ ތެރޭގައި އަދި އޭގެ
ފަހުންވެސް އޭނާގެ ފިހާރަ އަށް އައި ކަސްޓަމަރުން ވަރަށް ގިނަ ސްކޭމްކޮށްގެން
ފިހާރައަށް ވަރަށް ގިނަ ލާރި ގެއްލިފައިވާކަމަށް ކިޔާދީފައެވެ. އަދި މިކަން ހިނގައިފާވަނީ ބަލަން
ޖެހޭ ވަރަށް ސްކޭމަރުންނަށް ނުބަލާތީއާއި މުވައްޒަފުންގެ ފަރުވާ ކުޑަކަމުން ކަމަށް
ވަތީ އެކަމުގައި ގެއްލުނު ފައިސާ ހޯދަން ޝަރީފް ބެންކަށް ނުދާ ކަމަށެވެ.
"އެކިފާޑުފާޑުގެ ކޮންޕްރޮމައިޒް ސައިޓްތަކަށް އެކައުންޓް ކޮންޕްރޮމައިޒްވާ ގޮތަށް ބައެއް މީހުން ވަދެގެން އެތަންތަނުން ފައިސާ ކެނޑީމާ އެދިމާވާ
މައްސަލައަކީ މުޅި އެކުން ބެންކުގެ ޒިންމާއެއްނޫން. އަޅުގަނޑުމެންގެ
ކަސްޓަމަރުންވެސް އެބަ ޖެހޭ އަޅުގަނޑުމެންގެ ފައިސާއަށް ރައްކާތެރިވާން." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވަނީ ބެންކް ހުޅުވާ ފެށުނީއްސުރެ މިއަދާއި ހަމައަށް ބެންކްކޮށް އަދި
ހަ އެކައުންޓަށްވުރެ ގިނަ އެކައުންޓް އޮތް އިރުވެސް އޭނާގެ އެކައުންޓަކުން ބައި
ރުފިޔާ ވެސް ނުގެއްލޭކަމަށް ފާހަގަ ކޮށްފައެވެ.
"އެއީ ކީއްވެގެންތޯ؟ އެ ނުގެއްލެނީ
އަޅުގަނޑު ހިިންގާ މުއާމަލާތްތަކުގައި ސެކުއާ ސައިޓްއަކަށް ނޫނީ ޕޭ ނުކުރަން.
އަޅުގަނޑުގެ ނަމްބަރު ބާޒާރަށް އުކައެއް ނުލަން. އަޅުގަނޑު އެކި ތަފާތު ކޮންޕްރޮމައިޒް
އެކައުންޓަކަށް ނުވަންނަން. ޕޭ ނުކުރަން. ސެކުއާ ސައިޓްއަކުން ނޫނީ އަޅުގަނޑު ބައިނަލްއަގުވާމީ
ވިޔަފާރި އެއް ނުކުރަން." ޝަރީފް ވިދާޅުވިއެވެ.
"އެހެންވީމާ އެކަންކަމަށް ކަސްޓަމަރުން އެބަ ޖެހެ ސަމާލު ވާން. ހަގީގަތުގައި
މިކަން ރަނގަޅަށް ބަލާފިއްޔާ މިއިން ކޮންމެ ފައިސާ އެއްވެސް ގެއްލިފަ މިހުންނަނީ
ކަސްޓަމަރުގެ ފަރުވާ ކުޑަ ކަމުން. މިއީ ހަގީގަތް. ނޭނގި ނަމަވެސް އިނގިގެން ނަމަވެސް." ޝަރީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ