ޤަވާއިދާ ޚިލާފަށް ޓްރާންސްޕޯޓުން ވަކިކުރި މުވައްޒަފުންނަށް ބަދަލުގެ ގޮތުގައި 1.4 މިލިއަން ދޭންޖެހުނު

ޓްރާންސްޕޯޓު މިނިސްޓްރީން ޤަވާއިދާ ޚިލާފަށް 9 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން ބަދަލުގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ސިވިސް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ދޭންޖެހުނުކަން އެ ކޮމިޝަނުގެ 2021 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވަނީ މި 9 މުވައްޒަފުން ސިވިލް ކޮމިޝަނުން އަމަލުކުރަންޖެހޭ ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފަށް ވަކިކުރުމުން އެ މުވައްޒަފުންނަށް ބަދަލުގެ ގޮތުގައި 1،441،766 ރުފިޔާ ދޭންޖެހުނު ކަމަށެވެ.
އޭގެ އިތުރަށް އެ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވަނީ އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ކޮމިޝަނާ ދެކޮޅަށް ނިމުމުން ކޮމިޝަނުން އެ ނިންމުން އިސްތިއުނާފުކޮށްފައިނުވާ ކަމަށެވެ.
ވަޒީފާ ބެހޭ ޓްރިބިއުނަލުގައި އެ ނިންމުން އިސްތިއުނާފުނުކުރަން ކޮމިޝަނުން ނިންމި ސަބަބަކީ އެ ނިންމުން އިސްތިއުނާފުކޮށް، ކޮމިޝަނުގެ ނިންމުން ދިފާއުކުރުމަކީ ދަތިކަމެއްކަމަށް ސީއެސްސީގެ ވަކީލުން ލަފާދިނުމެވެ.
ކާމިޔާބުނުވާނެކަމުގެ ލަފާލިބޭ މައިގަނޑު ސަބަބަކީ މުއައްސަސާތަކުން ކޮމިޝަނަށް މައްސަލަ ހުށަހަޅާއިރު ކަމާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކާ އުސޫލުތަކަށް އަމަލުކޮށްފައިވާކަން ފުރިހަމައަށް ކޮމިޝަނުން ބަލާފައިނުވުންކަމަށްވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކުރިއެވެ.
2021 ވަނަ އަހަރުގައި މުވައްޒަފުން ވަކިކުރި 9 މައްސަލައެއްގައި ޖުމްލަ 2.7 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ސިވިލް ސާވިސް ކޮމިޝަނަށް ދޭންޖެހުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ