ހުޅުމާލޭގައި ހުންނަ ހިޔާ ޓަވަރުތަކާއި އެ އަވަށުގެ އެކި ހިސާބުތަކުން މިއަދު ކަރަންޓު ކެނޑިއްޖެ އެވެ.
މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލެ 2 ގެ ހިޔާ ޓަވަރުތަކާއި އެހެން ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ކެނޑިފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ، ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ވިނަރެސް ފްލެޓްތަކާ ދިމާލުން ކޮންނަނިކޮށް، ޑިސްޓްރުބިއުޝަން މަައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.
އެ މައްސަލަ ދެނަގަނެ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
"ދިމާވާނެ ދަތިތަކަށް މާފަށް އެދެން،" އެ ކުންފުނިން ބުންޏެވެ.
ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުންގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ހިޔާ ޔޫނިއަނުން ބުނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން މި ވަގުތު ކޮންމެ ޓަވަރެއްގައި ބޭނުންކުރެވޭނީ އިމަޖެންސީގައި ބޭނުންކުރެވޭ އެއް ލިފްޓު ކަމަށެވެ.
ހިޔާގެ އެކި ޓަވަރުތަކުގައި 30،000 އަށް ވުރެ ގިނަ މީހުން މިހާރު އަންނަނީ ދިރިއުޅެމުންނެވެ.
ހިޔާ ޓަވަރުތަކާއި ހުޅުމާލޭގެ އެކި ތަންތަނުން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ