އަންނަ މަހު ގާޒީ ބިލްޑިންގް ތަޅާލަން ފަށަނީ

ސަރުކާރު އޮފީސްތައް ހިންގާ އެންމެ ދުވަސްވީ އިމާރާތް ކަމަށްވާ ގާޒީ ބިލްޑިން ތަޅާލައި އެތަނު ޕާކިން ޒޯނެއް އަޅަން ނިންމައިފި އެވެ.
ޕްލޭނިން މިނިސްޓްރީން މީޑިއާގައި ބުނީ އެ އިމާރާތް ތަޅާލުމުގެ މަސައްކަތް އޭޕްރިލް މަހުގެ ފަހުކޮޅު ފަށާނެ ކަމަށެވެ. އިމާރާތް ތަޅާލަން ނިންމީ ބޭނުން ނުކުރެވޭވަރަށް މިހާރު ބާވެފައިވާތީ ކަމަށް ބުނެފައިވެ އެވެ.
އެތަނުގައިވެސް ޕާކިނ ޒޯނެއް ހަދަން ނިންމީ އެ ސަރަހައްދުގައި ޕާކިންއަށް ދިމާވެފައިވާ މައްސަލައަށް ލުޔެއް ހޯދުމަށެވެ. އިމާރާތް ތަޅާލައި ޕާކިން ޒޯނެއް ހަދަން ނަގާނެ މުއްދަތު އެ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
ހަތަރު ފަންގިފިލާގެ ގާޒީ ބިލްޑިންގްއަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމްގެ ވެރިކަމުގައި 26 ޖުލައި 1982 ގައި ހުޅުވާ ބޭނުންކުރަން ފެށި ޢިމާރާތެކެވެ. މިއީ ސަރުކާރު އޮފީސްތައް ވަކިވަކި ތަންތާނގައި ހިންގުމުގެ ބަދަލުގައި، އެއް ފުރާޅެއްގެ ދަށަށް ގެނެސް ވީހާވެސް ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި ތަރައްގީކުރި ޢިމާރާތެކެވެ.
އެތަނުގައި މިހާރު ހިންގަމުން ދަނީ އޮޑިޓާ ޖެނެރަލް އޮފީހައި، ‏މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އެވެ.
ސަރުކާރުން ވަނީ ދާދި ފަހުން ހުރަވީ ބިލްޑިންގް ވެސް ތަޅާލައި އެތަނުގައި ޕާކިން ޒޯނެއް ހަދާފައި އެވެ. އަދި އެ ސަރަހައްދުގައި ހުރި ކުރީގެ އެޓޯލް މިނިސްޓްްރީ ހިނގި އިމާރާތްވެސް މިހާރު ތަޅާލައި ޕާކިން ޒޯނަކަށް ހަދާފައި އެވެ.
އެ ދެ ޕާކިން ޒޯނާއި އެކުވެސް އެ ސަރަހައްދުގެ ޕާކިން މައްސަލައަކަށް އަދިވެސް ހައްލެއް ނުލިބެ އެވެ،
Your email address will not be published. Required fields are marked *
ހިޔާލު * document.getElementById("comment").setAttribute( "id", "a5bb33a569ef364837deb24376af0de6" );document.getElementById("bb7c1a6aaf").setAttribute( "id", "comment" );
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male’ Maldives© Copyright 2020, Dhuvas.mv, All Rights Reserved
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ