ބިގް 5 ފެއަރ ގައި އެސްޓީއޯ އިން ބައިވެރިވެއްޖެ

އިމާރާތްކުރުމުގެ ސިނާއަތުގައި އެންމެ ނުފޫޒު ބޮޑު އެއް ފެއަރ ކަމަށްވާ “ބިގް 5” ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބައިވެރިވެއްޖެއެވެ.މިއީ އިމާރާތް ކުރުމުގެ ދާއިރާގައި އެންމެ ނޫފުޒު ގަދަ އަދި އެންމެ ބޮޑު އެއް ފެއާ އެވެ. އެގްޒިބިޓަރެއްގެ ގޮތުގައި އެސްޓީއޯއިން މި ފެއާގައި ބައިވެރިވިއިރު އެސްޓީއޯ މޯލްޑިވްސްގެ ނަމުގައި މި ފެއާގައި ގާއިމްކޮށްފައިވާ ސްޓޯލްގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ގެ މުދާ ދައްކާލާނެ އެވެ.އެގޮތުން، އެތަނުން ވިއްކާ، ހިލަ ހިލަވެލި، ދަގަނޑު، ދަގަނޑު ހޮޅި، ފަތި ހޮޅި އަދި ޕްލައިވުޑާއި، ޝަޓަރިންގ ފިލާގެ އިތުރުން އެސްޓީއޯ ސިމެންތި ދައްކާލާނެ އެވެ.މި ޑިސެމްބަރު މަހުގެ 5 ން 8 އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޑުބާއީގައި ކުރިޔަށްދާ މި ފެއަރގައި ދުނިޔޭގެ 60 އަށްވުރެ ގިނަ ގައުމަކުން އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވެއެވެ. އަދި 150 އަވުރެ ގިނަ ގައުމުން ފެއަރގައި ބައިވެރިވެއެވެ."ބިގް 5" ގައި ހަތަރު ޓްރިލިއަން ޑޮލަރުގެ މިޑްލް އީސްޓް އޭޝިއާ ސަރަހައްދުގެ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން ބައިވެރިވެއެވެ. ކޮންސްޓްރަކްޝަން ދާއިރާގެ އުފެއްދުންތައް ދައްކާލުމުގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާގެ ލީޑަރުންގެ މަޝްވަރާތަކާއި ކޮންސްޓްރަކްޝަން ދާއިރާގެ ތަފާތު ފޯރަމްތައް ވެސް މިފެއާގެ ތެރޭގައި ކުރިއަށް ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ