ޕީޕީއެމް ކޮންގްރެސް ސައްހަ ކަމަށް ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ދަމަހައްޓައިފި

ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމުން ބޭއްވި ހާއްސަ ކޮންގްރެސް ސައްހަ ކަމަށާއި އެ ޕާޓީގެ ރައީސަކީ ކުރީގެ ރައީސް ޔާމީން ކަމަށް ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ.
ހައި ކޯޓުގެ ހުކުމަށް ތާއީދުކޮށް, ޕީޕީއެމްގެ ކޮންގްރެސް ސައްހަކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ސްޕްރީމް ކޯޓުން މިހުކުމް ކުރި އިރު، ޕީޕީއެމް ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރުމަށް އާންމު ދެ މެންބަރަކު ވަނީ ސްޕްރީމް ކޯޓަށް މައްސަލައެއް ވައްދައިފައެެވެ.
އެ މައްސަލަ ޕީޕީއެމްއިން ކޯޓަށް ވެއްދީ އިލެކްޝަންސް ކޮމިޝަނުން އެ ކޮންގްރެސް ބަލައިނުގަންނަން ނިންމުމުންނެވެ.
ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ހަވާލުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ފައިލްތައް ސުޕްރީމް ކޯޓަށް ގެންގޮސް ސުޕްރީމް ކޯޓުން އެ މައްސަލަ ބަލަން ފަށާފައިވާއިރު، މައްސަލައިގެ އަޑުއެހުންތައް ނިމި މިހާރު ވަނީ ހުކުމާއި ހިސާބަށް އަތުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ