އިހުތިޖު ކުރާތީ އެމްޑީޕީ 2 މެންބަރުންގެ ނަން އިއްވައި ބޭރުކޮށްފި

ރައީސް މުހައްމަދު މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ ދެ މެންބަރުންގެ ނަން އިއްވައި އެ ދެ މެންބަރުން ތަޅުމުން ބޭރުކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - މި އަހަރަށް މަޖިލިސް ހުޅުވާ ޖަލްސާގައި އެމްޑީޕީ މެންބަރުން އިހްތިޖާޖު ފެށީ ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަން ފެށިތާ 20އަކަށް މިނެޓު ފަހުންނެވެ. އެ އިހްތިޖާޖަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފުރަތަމަ ފުރުސަތު ދެއްވި ނަމަވެސް، އެމްޑީޕީގެ މެންބަރުން ނަން އިއްވަން ފެއްޓެވީ ރައީސް މުއިއްޒު ވާހަކަފުޅު މެދުކަނޑަލެއްވުމުންނެވެ.
މިހާތަނަށް ނަން އިއްވައި ބޭރުކޮށްލި ދެ މެންބަރުންނަކީ:
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް
ވައިކައިރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
ތަފްސީލު - އެމްޑީޕީ މެންބަރުން އިހްތިޖާޖު އެންމެ ފުރަމަމަ ފެށީ ކަށިގަނޑު ފުމެ، އަޑުގަދަ ކުރަމުންެވެ. އަދި އެ މަނިކުފާނު ހައްދަވަނީ އިތުރުފުޅު ކަމަށް ވިދާޅުވެ، ރައީސް މުއިއްޒުގެ އިސްތިއުފާއަށް ވެސް ގޮވަމުންދިޔަ އެވެ.
 އޭގެ ފަހުން ރައީސް މުއިއްޒުގެ ޕޯޑިއަމްއާ ކޮންމެވެސް ވަރަކަށް ކައިރިއަށް ޖެހި، ޕޯސްޓަރު ހިފައިގެން ތިބެ އެމްޑީޕީގެ ބައެއް މެންބަރުން އިހްތިޖާޖު ކުރަން ފެށި އެވެ. އެއާ އެކު، ރައީސް މުއިއްޒު ވާހަކަ މެދުކަނޑާލައްވައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުްރަހީމްއަށް އިޝާރާތެއް ކުރެއްވި އެވެ. 
ރައީސް ވާހަކަފުޅު ދެއްކުން މެދުކަނޑާލެއްވުމުން، އަބްދުއްރަހީމް ވަނީ މަޖިލިސް ގަވައިދުގައިވާ ގޮތަށް ތިން ފަހަރަކަށް މީކާއިލް އާއި ހުސައިން ޒިޔާދުގެ ނަން އިއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ