މާލޭގެ ލަގްޒަރީ ލޭންޑްސްކޭޕް ބަދަލުކޮށްލާނެ ދެ އިމާރާތަށް ޓާޓާ ހައުސިންގެ 'ލަގްޒާވަން' އަދި 'ލަގްޒެރާ' ވާނެ އެވެ. މާލޭގެ މުހިއްމު ދެ ސަރަހައްދެއްގައި ހުންނަ މި ދެ އިމާރާތަކީ އާބަން ދިރިއުޅުމުގެ ތަފާތު ދެ މާނަ ރަމްޒުކޮށްދޭނެ ދެ ތަނެވެ. އެއް އިމާރާތަކީ އެންމެ މަތީ ފަންތީގެ ދިރިއުޅުމަކަށް ފަރުމާކޮށްފައިވާ ތަނެކެވެ. އަނެއް އިމާރާތް ހާއްސަ ވަނީ ޒަމާނީ ލައިފްސްޓައިލަކަށެވެ.
މަކީދީމަގު، ކުރީގެ އޯޑިއޯން ބިމުގައި އިމާރަތްކޮށްފައިވާ 9 ފަންގިފިލާގެ މި ކޮންޑޮމިނިއަމްއަކީ ސިޓީ ލައިފް ދިރިއުޅުން ކަމުދާ މީހުންނަށް އެކަށޭނަ ގޮތަށް ފަރުމާކޮށް އިމާރާތްކޮށްފައިވާ ތަނެކެވެ.
މި އިމާރާތުގައި ޖުމްލަ 54 އެޕާޓުމެންޓު ހުންނާނެ އެވެ. އެ ތަނުގައި ހިމެނެނީ 3 ކޮޓަރީގެ އެޕާޓުމެންޓުތަކުގެ އިތުރުން އެއް ކޮޓަރީގެ ސްޓޫޑިއޯ ސްޓައިލް އެޕާޓުމެންޓުތަކެވެެ.
މި ހުރިހާ ޔުނިޓެއް ވެސް ފަރުމާކޮށްފައިވަނީ ގުދުރަތީ އަލި ލިއްބައިދޭ ގޮތަށް، ކްރޮސް ވެންޓިލޭޝަންއާ އެކު އެވެ.
ޖާގަ ތަނަވަސް މި އެޕާޓުމެންޓުތަކުގެ އެތެރެ ފަރުމާކޮށްފައި ވަނީ ސިޓީ ވިއު ފެންނާނެ ގޮތަށެވެ. ކްލީން ލައިންސް އިންޓީރިއާ އާއެކު މި އެޕާޓުމެންޓުތައް ފުރިހަމަކޮށްދެނީ ޒަމާނީ މޮޑިއުލާ ބަދިގެ އެވެ.
ސޯސަންމަގުގެ މުހިއްމު ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ ލަގްޒެރާއަކީ މަތީ ފަންތީގެ ދިރިއުޅުމަށް ހާއްސަ 72 އެޕާޓުމެންޓު ހިމެނޭ ޕްރިމިއަމް އިމާރާތެކެވެ.
ޕްރިމިއަމް 1+3 ލޭއައުޓަކާ އެކު މި އިމާރާތް ފަރުމާކޮށްފައިވަނީ ޕްރައިވަސީ ކަށަވަރުވާނެހެން، ތަނަވަސް ޖާގައަކަށް އިސްކަންދީގެންނެވެ.
އެއްވެސް އެޕާޓުމެންޓެއްގެ ފާރު އަނެއް އެޕާޓުމެންޓާ ހިއްސާ ނުކުރާ ގޮތަށް ޑިޒައިންކޮށްފައިވާ މި އެޕާޓުމެންޓުތަކަކީ ފުލީ އެއާކޮންޑިޝަންޑު ތަންތަނެވެ. ކޮންމެ އެޕާޓުމެންޓަކުން ވެސް އެންމެ މަތީ ފަންތީގެ ދިރިއުޅުމެއްގެ އިހުސާސް ގެނެސްދޭނެ އެވެ.
ޓާޓާގެ މި ދެ އިމާރާތުގެ ރޫފް ޓޮޕް ވެސް ހާއްސަކޮށްފައިވަނީ ތަނުގައި ދިރިއުޅޭ މީހުންގެ ދުޅަހެޔޮކަމާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށެވެ. އެގޮތުން:
ދެ އިމާރާތުގައި ވެސް އިންފިނިޓީ އެޖް ޕޫލް ހުންނާނެ
ފުލީ އިކުއިޕްޑް ޖިމް އާއި ކުޑަކުދިން ކުޅޭ ސަރަހައްދުގެ އިތުރުން ބާބަކިޔު ޑެކް އަދި ލައުންޖު ހުންނާނެ
ދެ އިމާރާތުގައި ވެސް މި ހުރިހާ ހިދުމަތެއް ގާއިމްކޮށްފައިވާއިރު ދެ ތަނުގެ ތަޖުރިބާ ތަފާތުވާނެ އެވެ. އެގޮތުން:
ލަގްޒާވަންގެ ސޯޝަލް ސްޕޭސްއަކީ އޯޕަން އަދި ކޮސްމޯޕޮލިޓަން އިހުސާސެއް ގެނެސްދޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެއް
ލަގްޒެރާގެ އޯޕަން ސްޕޭސް ފަރުމާކޮށްފައިވަނީ އެއަށް ވުރެ އެކްސްކްލޫސިވް އިހުސާސެއް ގެނެސްދޭނެ ގޮތަކަށް؛ އެ ތަނުގެ ރޫފްޓޮޕް ލައުންހާއި މަލްޓިޕާޕަސް ހޯލަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ އިތުރުން އިޖުތިމާއީ އެއްވުންތައް ބާއްވަން ވެސް ކަމުދާނހެން ޑިޒައިންކޮށްފައިވާ ތަންތަން
މި ދެ އިމާރާތުގެ ވެސް ބޭސްމެންޓު ހާއްސަަކޮށްފައިވަނީ ކާރު ޕާކު ކުރުމަށެވެ.
ލަގްޒާވަންގެ އެޕާޓުމެންޓުތައް މިހާރު ވަނީ ތަނުގައި ދިރިއުޅެން ފެށޭ ވަރަށް ނިމިފަ އެވެ. ލަގްޒެރާ އެޕާޓުމެންޓުތަކުގެ އެތެރޭގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނައިރު، މޮކްއަޕް އެޕާޓުމެންޓުތައް ތަޖުރިބާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
މި ދެ އިމާރާތުން ވެސް އެޗްޑީއެފްސީ އާއި ބީއެމްއެލްގެ ހައުސިން ލޯނުގެ ދަށުން އެޕާޓުމެންޓު ގަނެވޭނެ އެވެ. މިއީ ވެރިރަށް މާލޭގައި، މަތީފަންތީގެ ހިތްހަމަ ޖެހޭ ދިރިއުޅުމެއް ބޭނުން ފަރާތްތަކަށް ކަމުދާނެ ދެ އިމާރާތެވެ.
ޓާޓާގެ 2 އިމާރާތް: މާލޭގައި ޒަމާނީ ދިރިއުޅުމަކަށް ހާއްސަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ