އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސަރުކާރެއް އޮންނައިރު ރައްޔިތުންގެ ހައްގުތައް ކަށަވަރުވާ ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފުވައްމުލައް ސިޓީގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ފައިސަލް ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އޮންނައިރު ރައްޔިތުންގެ ހައްގުތައް ކަށަވަރުވެ، ރަށުގެ ތަރައްގީއަށް ކަންތައްތައް ފުރިހަމަވާ ކަމަށެވެ.
އެމްޑީޕީ ސަރުކާރެއްގައި ރައްޔިތުން އެ ސަރުކާރު ފަހާ ދުވަން ނުޖެހޭ ކަމަށާއި އެއްވެސް ކަމަކަށް އާދޭސް ވެސް ކުރަން ނުޖައްސާ ކަމަށެވެ.
"އެމްޑީޕީ ސަރުކާރެއް އޮންނައިރު ރައްޔިތުންގެ ހައްގުތެއް ކަށަވަރުވޭ. ރަށުގެ ތަރައްގީގެ ކަންތައް ފުރިހަމަވޭ. ރައްޔިތުން ސަރުކާރު ފަހަތުން ދުވާކަށް ނުޖެހޭ، އާދޭސް ކުރާކަށް ނުޖެހޭ،" ފައިސަލް ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރުގައި ފުވައްމުލައް ސިޓީއަށް ކޮށްދިން ކަންތައްތަކުގެ ވާހަކަ ދައްކަން ފަށައިފިއްޔާ ނުނިމޭނެކަން ފައިސަލް ފާހަގަކުރެއްވި އެވެ.
މިގޮތުން ފައިސަލް ވިދާޅުވީ ފުވައްމުލަކުގެ އިރުމަތީ ފަރާތް ގިރަމުންދާ މައްސަލަ ހައްލުނުވާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދަނިކޮށް، ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޝޯ ޕްރޮޓެކްޝަން މަޝްރޫއާއެކު އެ މަސައްކަތް ނިންމީ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ.
"ރަށުގެ ރައްޔިތުން އެންމެ ބޮޑޮ ކަންބޮޑުވުމަށް އޯތީ މި ރަށުގެ އިރުމަތީ ފަރާތުގެ ގިރަމުންދިޔުން، އެ ނުވާނެ ކަމެއް ކަމަށް ގަބޫލުކޮށް ތިބި މީހުން ވެސް މަދެއް ނޫން. ސަބަބަކީ އެކަން ކުރަން ކުރަން ކިޔާފައި ދިގުލައިގެންދިޔުން. ނަމަވެސް ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބޮޑޮ ޝޯ ޕްރޮޓެކްޝަންގެ މަޝްރޫއުއާއެކު އެކަން ނިމުނީ އަހަރުމެންގެ ސަރުކާރުގައި،" ފައިސަލް ވިދާޅުވި އެވެ.
ނަމަވެސް ފައިސަލް ވިދާޅުވީ މި ސަރުކާރު ތިންވަނަ އަހަރަށް އަޅާއިރު ފުވައްމުލަކުގައި ތަރައްގީގެ މަޝްރޫއެއް ހިންގާތަން ނުވެސް ފެންނަ ކަމަށެވެ.
އެމްޑީޕީގެ ސަރުކާރެއް އޮންނައިރު ރައްޔިތުންގެ ހައްގުތައް ކަށަވަރުވޭ: ފައިސަލް އެމްޑީޕީގެ ސަރުކާރެއް އޮންނައިރު ރައްޔިތުންގެ ހައްގުތައް ކަށަވަރުވޭ: ފައިސަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ