ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ނެތް: ޒަމީރު

ކުރިއަށްއޮތް ތަނުގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.މިނިސްޓަރު މިހެން ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.ޒަމީރު ވިދާޅުވީ މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ފީފާއެއް 160 ޑޮލަރުގައި ކަމަށާ، މިހާރު ހަނގުރާމަ ކުރިއަށްދާ ގޮތުން އަވަހަށް ހުއްޓޭނެ ކަމަށް ނުބެލެވެ އެވެ.އެހެންވެ ކުރިއަށް އޮތް ހަ މަސް ދުވަހަށް ބަލައިގެން ދަނީ ސަރުކާރުން ޕްލޭންތަކެއް ހަދަމުންނެވެ. އަދި މިހާރު ތެލުގެ އަގު މަތިވަމުން ދިޔަނަމަވެސް ރާއްޖޭގައި ތެލުގެ އަގު ބޮޑު ކުރުމުގެ ވިސްނުމެއް ނެތެވެ.މިނިސްޓަރު ޒަމީރު ވިދާޅުވީ ރައީސްގެ މިވަގުތުގެ އިރުޝާދަކީ ހަމައެކަނި އެއް ދިމާލަށް ބަރޯސާވުމުގެ ބަދަލުގައި އެކި ދިމަދިމާލުން ތެޔޮ ގެނައުމެވެ."އެ މަސައްކަތުގެ ދަށުން ސިންގަޕޫރު، މެލޭޝިއާ ސައިޑުންވެސް މާރިޗު [އަންނަ މަހު 3 ] ގައި ތެޔޮ އަންނާނެ،" ޒަމީރު ވިދާޅުވި އެވެ.  "މިއޮތް ދުވަސްތަކުގެ ތެރޭގައި ތެލުގެ އަގު އިތުރަށް ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގައި ނެތް. ބައެއް އިންޑަސްޓްރީތަކަށް މާ ބޮޑަށް ގެއްލުންވެދާނެތީވެ، އާންމުންނަށް މާ ބޮޑަށް އޭގެ އުނދަގޫ ފޯރަފާނެތީ ބައެއް ކަހަލަ ދިމަދިމާލުން ހުންނާނީ ތެލުގެ އަގު ބޮޑުނުކޮށް،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ