ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 11 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގަނެފައިވަނީ މާރިޗު 20 ވަނަ ދުވަހު ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ކަސްޓަމްސް އިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި އޮޕަރޭޝަނުގައި ދެ ބާވަތެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކެނަބިސް ފަތް އަދި ހަޝިޝް އޮއިލް އެވެ.
އަތުލައިގަތް ކެނަބިސް ފަތުގެ ބަރުދަނުގައި 5 ކިލޯއަށް ވުރެ ގިނަ (5370 ގްރާމް) ހުރި އިރު، މީގެ މަގުމަތީ އަގު 4,296,000 (ހަތަރު މިލިއަން ދެލައްކަ ނުވަދިހަ ހަހާސް) ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
މީގެ އިތުރުން، 6 ކިލޯއަށް ވުރެ ގިނަ (6590 ގްރާމް) ހަޝިޝް އޮއިލް ވެސް ވަނީ އަތުލައިގަނެފައެވެ. މި ތަކެތީގެ މަގުމަތީ އަގު 5,272,000 (ފަސް މިލިއަން ދެލައްކަ ހަތްދިހަ ދެހާސް) ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ