އެފޯޑަބަލް ހައުސިންގ ފެށުމުގެ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފައިނޭންސްކޮށްގެން ކުރިއަށްގެންދާ އެފޯޑަބަލް ހައުސިންގ މަޝްރޫޢު ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ޖުމްލަ 1224 ހައުސިންގް ޔުނިޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، މުޅި މަޝްރޫޢު 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެ ކަމަށް ބީއެމްއެލްއިން މަޢުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ