ދިވެހިރާއްޖޭގެ އާބާދީ ބޮޑު ކުދި ރަށްތަކަށް ކުރިމަތިވެފައިވަނީ އާބަން މޮބިލިޓީ ނުވަތަ ދަތުރުފަތުރު މެނޭޖްކުރުމުގައި ތަފާތު ގޮންޖެހުންތަކެކެވެ. މާލެ އާއި ހުޅުމާލެ ފަދަ ބިން ކުޑަ ސަރަހައްދުތަކުގައި، އާންމު ދަތުރުފަތުރާއި، އަމިއްލަ އުޅަނދުތަކާއި، ހިދުމަތްދޭ އުޅަނދުތަކުގެ އިތުރުން ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް ހުރި ހަމައެކަނި ވަސީލަތަކީ މަގުތަކެވެ.
އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލައި، ދަތުރުފަތުރުގެ ސިޔާސަތުތައް މިހާރު ވަނީ މަގުތައް ފުޅާކުރުމުގެ ބަދަލުގައި، ހުރި ވަސީލަތްތައް މެނޭޖްކުރުމަށް އަމާޒު ހިފާފައެވެ. މިގޮތުން ޓްރެފިކް ބާރުބޮޑުވުން ކުޑަކުރުމާއި، ހިނގާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން މަގުތައް ބޭނުންކުރުމުގައި ޒިންމާދާރުވުމަށް ބާރުއެޅުން ހިމެނެއެވެ. މަގުތަކުގެ ފަރުމާއަށް ބަދަލު ގެނައުމާއި، ނިޝާންތައް ސާފުކުރުމާއި، ގަވާއިދުތައް ހަރުދަނާކުރުމަކީ ދަތުރުފަތުރުގެ ނިޒާމު އަމާންކޮށް ބޭއްވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.
އާބަން މޮބިލިޓީގެ މާނައަކީ ހަމައެކަނި އުޅަނދުތަކުގެ ދަތުރުތަކެއް ނޫނެވެ. ފައިމަގުގައި އުޅޭ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ބައިސްކަލް ދުއްވާ މީހުންނަށް ފަސޭހަ އަދި ރައްކާތެރި މާހައުލެއް އޮތުމަކީ ދުޅަހެޔޮ ނިޒާމެއްގެ ބައެކެވެ. އިންސާނުންނަށް އިސްކަންދީގެން މަގުތައް ބައްޓަންކުރުމުން ތޮއްޖެހުން ކުޑަވެ، ދިރިއުޅުމުގެ ކަންކަމަށް ލުއިފަސޭހަކަން ލިބިގެންދެއެވެ.
ކުދި ޖަޒީރާ ރަށްތަކުގައި ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ހައްލުތަކެއް ހޯދުން މަޖުބޫރެވެ. އިގްތިސާދީ ކުރިއެރުމާއި އާންމު ދިރިއުޅުމަށް ފަހިވާނެހެން ދަތުރުފަތުރުގެ ނިޒާމު ބައްޓަންކުރުމުގައި، ކޮންމެ ފަރުދެއްގެ ޒިންމާ އާއި މުޖުތަމައުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވެއެވެ.
ހަބަރު: ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ
ތޮއްޖެހިފައިވާ ޖަޒީރާ ގައުމެއްގައި އާބަން މޮބިލިޓީ މެނޭޖްކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ