އަލިމަގު އޮޕަރޭޝަންގައި ހުވަދޫން ހައްޔަރުކުރި މީހުންނަށް ދައުވާ ކުރަނީ

އަލިމަގު އޮޕަރޭޝަންގައި ހުވަދޫން ހައްޔަރުކުރި މީހުންނަށް ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ޖެނުއަރި 11 ވަނަ ދުވަހު މާލެ އާއި ގއ. އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތަރު މީހެއްގެ މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހު، ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ އިއްޔެ ކަމަށެވެ.
މި މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދިފައިވަނީ، ޝެވޯނާ / ގއ. ވިލިނގިލި، ޝައްފާޙް ލަޠީފް (28އ)، މިޔުޒިކީއާގެ / ގއ. ވިލިނގިލި، އަޙްމަދު މަދީޙު (33އ)، އައިޒަން / ގއ. ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ. ވިލިނގިލި، ނޫރުއްނިޡާމް (35އ) ގެ މައްޗަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ