ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާ އާ ބެހޭ ސާވޭއެއް ކުރިއަށްގެންދިއުމަށް މަރުކަޒީ ބޭންކުން ތައްޔާރުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބުނީ މި ސާވޭ ކުރިއަށްގެންދާނީ މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ކަމަށެވެ. އެގޮތުން މި ސާވޭ ގްރޭޓާ މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާނެއެވެ.
އެމްއެމްއޭއިން ބުނީ މިއީ ބެލެންސް އޮފް ޕޭމަންޓްސް
ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ ޑޭޓާ ހޯދުމަށް ކުރިއަށް ގެންދާ
ސާވޭއެއް ކަމަށެވެ. ސާވޭ މެދުވެރިކޮށް އެއްކުރެވޭ މައުލޫމާތުގެ ތެރޭގައި ބިދޭސީ
މަސައްކަތްތެރިންގެ ފައިސާ ފޮނުވުމަށް ބޭނުންކުރާ ވަސީލަތްތައް، ފައިސާ ފޮނުވާ
ފްރިކުއެންސީ، އަދި ފޮނުވާ ފައިސާގެ އަދަދުތައް ހިމެނެ އެވެ.
ބިދޭސީ މަސައްކަތްތެރިން މި ސާވޭގައި ބައިވެރިވުމަށް އެމްއެމްއޭ އިން
ބާރުއަޅާކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
މި ސާވޭގައި މަސައްކަތްތެރީންގެ ނަން، ޕާސްޕޯޓް ނަންބަރު، ނުވަތަ ވޯކް ޕާމިޓް
ތަފްސީލު ފަދަ ޒާތީ މައުލޫމާތެއް ނުހޯދާނެއެވެ. އަދި ސާވޭގައި އެއްކުރެވޭ
މައުލޫމާތުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން އެމްއެމްއޭއިޮން ވަނީ ދީފައެވެ.
ބިދޭސީ މަސައްކަތްތެރިން ބޭރަށް ފޮނުވާ ފައިސާއާ ގުޅޭ ސާވޭއެއް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ