މާލޭގެ ގެއެއްގެ މަތިން މީހަކު ވެއްޓިއްޖެ

މާލޭގެ ގެއެއްގެ މަތިން މީހަކު ވެއްޓިިއްޖެ އެވެ.
ތަފްސީލު - ފުލުހުން ބުނީ މާފަންނު، ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން މީހަކު ވެއްޓުނު ކަމުގެ މައުލޫމާތު މިއަދު އިރުއޮއްސި 6:20 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި ވެއްޓުނު މީހާއަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އޭނާ ވެއްޓުނީ ކިހާ މަތިން ކަމާއި ލިބުނު އަނިޔާގެ ތަފްސީލު ފުލުހުން ނުބުނެ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ