ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް އަދި ޖީއެމް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރަކަށް ދިރާގު
މި އަހަރު ބާއްވާ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް އަދި ޖީއެމް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގުން ސޮއިކޮށްފި އެވެ.މިއީ ހޮޓެލިއާ މޯލްޑިވްސްގެ ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ބައިވެރިވާ ދެވަނަ އަހަރެވެ. މި އާކުރެވުނު އެއްބަސްވުމާއެކު ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު އެއް ތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ދިރާގުން ދެމުންގެންދާ އެއްބާރުލުން ހާމަވެގެންދެ އެވެ.މި އެއްބަސްވުމުގެ މައިގަނޑު އެއް އަމާޒަކީ މި ސިނާއަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ހުނަރުވެރިކަން ފާހަގަކޮށް އަގުވަޒަން ކުރުމުގެ އިތުރުން ދާއިރާގެ އިސްވެރިންގެ މެދުގައި ބިނާކުރަނިވި އަދި މާނަހުރި މަޝްވަރާތަކަށް ފުރުސަތު ހޯދައިދިނުމެވެ.ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި މަސައްކަތްތެރިކަން ފާހަގަކުރުމަށް ބާއްވާ މި ސިލްސިލާގެ ތިންވަނަ އެވޯޑް ހަފުލާ އެވެ. މިއީ މި ދާއިރާގައި ހަރަކާތްތެރިވާ ވަކިވަކި މުވައްޒަފުންނާއި ޓީމުތަކުގެ އަގުވަޒަން ކުރުމަށް ރާއްޖޭގައި ބާއްވާ ހަމައެކަނި ގައުމީ ފެންވަރުގެ އެވޯޑް ޕްރޮގްރާމެވެ.މީގެ އިތުރުން 12 ވަނަ ފަހަރަށް ބާއްވާ ޖީއެމް ފޯރަމް 2026 އަކީ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިން އެއްތަނަކުން ބައްދަލުވާ އެންމެ މުހިންމު އެއް ހަރަކާތެވެ.މި ފޯރަމަކީ މި ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި، ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، ލީޑަޝިޕް ހުނަރުތައް ތަރައްގީކުރުމުގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލާ މެދު މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ފުރުސަތު ހުޅުވާލައިދޭ މުހިންމު ހަރަކާތެކެވެ.ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު އެއް ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުން ބިނާވެފައިވަނީ އެ ދާއިރާގެ ފަހަތުގައި ތިބި ހީވާގީ މުވައްޒަފުންގެ މައްޗަށް ކަމަށެވެ." 'ހޮޓެލިއާ މޯލްޑިވްސް' އާއެކު އަޅުގަނޑުމެންގެ މި ގުޅުން ދެމެހެއްޓުމަކީ، މި ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއްބާރުލުން ދިނުމަށާއި، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ދިރާގުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް،" އަލީ ރިޔާޒް ވިދާޅުވި އެވެ.ހޯޓެލިއާ މޯލްޑިވްސްގެ އެޑިޓަރު، އަލީ ނާފިޒް ވިދާޅުވީ، ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ދިރާގާއެކު އޮތް ގުޅުން ދެވަނަ އަހަރަކަށް އާ ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކމަށާއި ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް އަދި ޖީއެމް ފޯރަމް އިތުރަށް ހަރުދަނާކުރުމުގައި ދިރާގުން ދޭ އެއްބާރުލުމަކީ ނުހަނު މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ."މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ބޭފުޅުންގެ އަގުވަޒަންކުރުމަށާއި ސިނާއަތުގެ އިސްވެރިން އެއްތަނަކުން ބައްދަލުވެ، ދާއިރާގެ ކުރިއެރުމަށް ބޭނުންތެރި މަޝްވަރާތައް ކުރުމަށް މަގުފަހިވެގެންދޭ" ނާފިޒް ވިދާޅުވިއެވެ.މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި ދެ ހަރަކާތާ ގުޅޭ އިތުރު މަޢުލޫމާތާއި، ޕްރޮގްރާމްގެ ތަފުސީލުތައް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އާންމުކުރެވޭނެއެވެ.ހޮޓެލިއާ މޯލްޑިވްސްގެ އެޑިޓަރު އަލީ ނާފިޒް ވިދާޅުވީ ''ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ދިރާގާއެކު އޮތް ގުޅުން އާ ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ."ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް އަދި ޖީއެމް ފޯރަމް އިތުރަށް ހަރުދަނާކުރުމުގައި ދިރާގުން ދޭ އެއްބާރުލުމަކީ ނުހަނު މުހިންމު ދައުރެއް އަދާކުރާ ކަމެއް. މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ބޭފުޅުންގެ އަގުވަޒަންކުރުމަށާއި ސިނާއަތުގެ އިސްވެރިން އެއްތަނަކުން ބައްދަލުވެ، ދާއިރާގެ ކުރިއެރުމަށް ބޭނުންތެރި މަޝްވަރާތައް ކުރުމަށް މަގުފަހިވެގެންދޭ،" އަލީ ނާފިޒް ވިދާޅުވި އެވެ.މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި ދެ ހަރަކާތާ ގުޅޭ އިތުރު މަޢުލޫމާތާއި، ޕްރޮގްރާމްގެ ތަފުސީލުތައް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އާންމުކުރެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ