އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއިން ރާއްޖެއަށް ދަތުރުކުރާތާ 50 އަހަރު ފުރުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފާހަގަކޮށްފި އެވެ.
ވީ ކިހިނެއް؟ - އެއާ އިންޑިއާއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ، 21 ފެބްރުއަރީ 1976ގަ އެވެ. އެއީ ރާއްޖެއަށް ދަތުރުކުރަން ފެށި އިންޑިއާގެ ފުރަތަމަ އެއާލައިނެވެ.
ތަފްސީލް - އެ އެއާލައިނުގެ ބޯޓުތައް ރާއްޖެއަށް ދަތުރުކުރާތާ 50 އަހަރު ފުރުން، ވީއައިއޭއިން ފާހަގަކުރީ ކުލަގަދަކޮށެވެ. އެގޮތުން:
މިއަދު ރާއްޖެއަށް އައި އެއާ އިންޑިއާގެ ފްލައިޓަށް ވޯޓާ ސެލިއުޓެއް އެރުވި
އެ ބޯޓުން 139 ފަސިންޖަރުން އައިއިރު، އެ އެންމެންނަށް ވެސް ފިނިފެންމަލާއި ކުކީޒް ބެހި
އެއާ އިންޑިއާ އިން އެ ގައުމުގެ ބެންގަލޫރު އަދި މުމްބާއީއިން ރާއްޖެއަށް ސީދާ ދަތުރުތައް މިހާރު ކުރެ އެވެ.
އެއާ އިންޑިއާއިން ރާއްޖެއަށް ދަތުރުކުރާތާ 50 އަހަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ