އައްޑޫ ސިޓީ ފޭދޫގައި މަސައްކަތް ކުރާ ސްރީލަންކާ ރައްޔިތަކު އިސްލާމްވެއްޖެ

އައްޑޫ ސިޓީ ފޭދޫގައި މަސައްކަތް ކުރާ ސްރީލަންކާ ރައްޔިތަކު އިސްލާމްވެއްޖެއެވެ.
މިސްހަތު ޖަމިއްޔާ ނަމަކަށް ކިޔުނު އައްޑޫ ސިޓީގެ ޖަމިއްޔާއަކުން ސޯޝަލްމީޑިއާށް ދޫކޮށްލާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މި ބިދޭސީ މީހާ އިސްލާމްވެ ޝަހާދަތް ކިޔާ މަންޒަރު ފެނެއެވެ. އޭނާއަށް ޝަހާދަތް ލައިދިން ޝައިހުވެސް ވީޑިއޯއިން ފެނިގެން ދާއިރު މި ވީޑިއޯއަށް ގިނަބައެއްގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފައެވެ.
އައްޑޫ ސިޓީ ފޭދޫއިން މިއަދު އިސްލާމްވެފައިވަނީ އެ ރަށުގައި ހިންގާ ސެލޫނެއްގައި މަސައްކަތް ކުރަމުން އަންނަ ޖަޔަސިންހަ އަރަޗިގެ ވަރްނަ ޕްރަބަތު ސަދަރުވަން ނަމަކަށް ކިޔުނު ބިދޭސީއެކެވެ.
އޭނާއަށް ޝަހާދަތް ލައިދީފައިވަނީ ފޭދޫ ބޮޑު މިސްކިތުގެ އިމާމު ޝައިހު އަހްމަދު ރިމާޒެވެ. ޖަޔަސިންހަ އަރަޗިގެ އިސްލާމް ވުމާއެކު އޭނާގެ ނަން ވަނީ ބްދުﷲ އާދަމް ގެ ނަމަށް ބަދަލުކޮށްފައެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާއަށް މަރުހަބާ ކިޔާ އޭނާ ދީނުގެ މަތީގައި ސާބިތުވެ ހުރުމަށް އެދި ދުއާކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި ރަމަޟާން މަހާއި ދިމާކޮށް ގިނަ ބިދޭސީން މީގެކުރިންވެސް އިސްލާމް ދީން ގަބޫލުކޮށްފައިވެއެވެ. އެގޮތުން މި މަތިވެރި މައްސަރުގައި މުސްލިމުން އަޅުކަން ކުރާ މަންޒަރުފެނި އަދި މުސްލިމުންގެ ދިއިރުޅުން ފެނި ރާއްޖެއައި ގިނަ އަދަދެއްގެ ޓޫރިސްޓުންވެސް އިސްލާމް ދީން ގަބޫލުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ