އަލްއަގްސާގެ ވެރިޔަކީ އޭނާ ކަމަށް ބުނެ ބެން ގްވީރު އަނެއްކާވެސް ފުރައްސާރަކޮށްފި

އަލްއަގްސާ މިސްކިތުގެ "ވެރިޔަކީ" އޭނާ ކަމަށް އިހުސާސް ކުރެވޭ ކަމަށް ބުނެ، އިސްރާއީލުގެ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު މުސްލިމުންގެ މުގައްދަސް ބިނާއަށް އަނެއްކާވެސް ގަދަބާރުން ވަދެގަނެ މުސްލިމުންނަށް ފުރައްސާރަކޮށްފިއެވެ. އާދީއްތަ ދުވަހު މިސްކިތުގެ ހަރަމްފުޅަށް ވަދެ ހުރެ ބެން ގްވީރު ބުނީ، އެ ތަނުގައި ޔަހޫދީން އަޅުކަން ކުރުމަށް އޮންނަ ފުރުސަތުތައް އިތުރަށް ފުޅާކުރުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށެވެ.
އޭނާގެ އޮފީހުން އާންމުކުރި ވީޑިއޯއެއްގައި ބެން ގްވީރު ބުނެފައިވަނީ "މިއަދު އަހަރެންނަށް މިތަނުގެ ވެރިޔަކީ އަހަރެން ކަމުގެ އިހުސާސް ކުރެވޭ" ކަމަށެވެ. އަދި މިސްކިތުގެ ތެރޭގައި ޔަހޫދީންނަށް އޮންނަ ބާރުވެރިކަން އިތުރުކުރުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބާރުއަޅަމުންދާ ކަމަށާއި، މިހާރު ހުރި ކަންކަން އިތުރަށް "ރަނގަޅު ކުރަންޖެހޭ" ކަމަށް ވެސް އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ