އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލައެއް ބަލަނީ

މިއަދު އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ތަފްސީލު - ކުދިބޮޑު މީހުން އާންމުކޮށް އެއްވެ އުޅޭ އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ވަނީ އާންމުވެފަ އެވެ.
ފުލުހުން ބުނީ ބަޔަކު މާރާމާރީ ހިންގާ ތަން ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް ބަޔަކު ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައެއް ނުވެ އެވެ.
"ނަމަވެސް މިއީ ޖިނާއީ ކުށެއް އެކުލެވޭ ކަމަކަށް ވާތީ، ގާނޫނީ އިޖުރާއަތްތަކުގެ ދަށުން މި މައްސަލަ ތަހުގީގުކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަމެވެ،" ފުލުހުން ބުންޏެވެ.
މިފަދަ މައްސަލަތަކުގައި ޝާމިލްވާ ބިދޭސީން މީގެ ކުރިން ރާއްޖެއިން ޑީޕޯޓުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ