ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އަފީފު ވިދާޅުވީ، އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ.
އަފީފު އިތުރަށް ވިދާޅުވީ، އައްޑޫގެ ރައްޔިތުން މިހާރު ތަހައްމަލު ކުރަމުންދާ ކަރަންޓު ކެނޑުމުގެ ބިރުވެރިކަން ހައްލުކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެހެންކަމުން މި މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް ނިންމާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. ކޮންޓްރެކްޓަރާ ހަވާލާދީ ފެނަކައިން ބުނީ، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މުޅި މަޝްރޫޢު ނިންމާލެވޭނެ ކަމަށެވެ.
އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ އިންޖީނުތައް އުފެއްދުމުގެ މަސައްކަތް ކުރިއަށްދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ