އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުޤީޤު ކުރަން ފަށައިފިއެވެ.
ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. މީސްމިޑީއާގައި ދައުރުވަމުންދާ އެ ވީޑިއޯގައި އެ ސަރަހައްދުގައި ތިބި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައި އެއްބަޔަކު އެކަން ހުއްޓުވަން މަސައްކަތް ކުރާތަން ފެނެއެވެ.
އެ ވިޑީއޯ ދައުރުވަމުން ދިއުމާއި ގުޅިގެން ފުލުހުން ވިދާޅުވީ އެފަދަ ކަމެއް ހިންގައިންގެ ފުލުހުންނަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް މިއީ ޖިނާޢީ ކުށެއް ހިމެނޭ މައްސަލައެއް ކަމުން، ގާނޫނީ އިޖުރާއަތްތަކުގެ ދަށުން މި މައްސަލަ ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ ކުރިންވެސް ބިދޭސީންތައްކެއްގެ މެދުގައި މާރާމާރީ ހިނގައި އެ މައްސަލަ ކަމާއި ގުޅޭ އިދާރާތަކުން ވަނީ ތަހުޤީޤުކޮށްފައެވެ. އެގޮތުން އެންމެ ފަހުން 2024 ވަނަ އަހަރު ޑިސެމްބަރ މަހުގެ ކުރީކޮޅު ބިދޭސީންތަކެއްގެ މެދުގައި އާޓިފިޝަލް ބީޗުގައި މާރާމީއެއް ހިންގުމުން އެ މައްސަލައިގައި ޝާމިލް ވި މީހާ ޑިޕޯޓް ކޮށްފައިވެއެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު ޖަނަވަރީ މަހުވެސް އާޓީފިޝަލް ބީޗުގައި ހިންގި މާރާމާރީއެއްގައި ޝާމިލްވި 3 ބިދޭސީއަކު ޑީޕޯޓު ކޮށްލާފައިވެއެވެ.
އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް، މައްސަލަ ތަހުޤީޤު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ