ދިރާގުގެ ފުރަތަމަ ލޯންޗުގެ ނަސީބުވެރިޔާ ހޮވާ ހަރަކާތުގައި ރޮބޯމޭން

ދިރާގުން ކުރިއަށްގެންދާ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަނުގެ ފުރަތަމަ ލޯންޗުގެ ނަސީބުވެރިޔާ ހޮވުމަށް ބާއްވާ ހަރަކާތުގައި މަޝްހޫރު ރޮބޯމޭންގެ ހާއްސަ ހުށަހެޅުންތަކެއް ފެނިގެންދާނެ ކަމަށް ދިރާގުން ބުނެފި އެވެ.
ވީ ކިހިނެއް؟ - މި ހަރަކާތް ބާއްވަނީ މާދަމާ ހަވީރު 4 އިން ފެށިގެން ހުޅުމާލެ ފޭސް 2، ދިރާގު ބީޗުގަ އެވެ.
ތަފްސީލް - މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާ އެކު ކުރިއަށްގެންދާ މި ހަވީރުގެ އެންމެ ފޯރިގަދަ ވަގުތަކަށް ވެގެންދާނީ، ދިރާގުން ހުށަހަޅާފައިވާ ފުރަތަމަ ލޯންޗުގެ ނަސީބުވެރިޔާ އިއުލާންކުރާ ވަގުތެވެ.
މި ހަރަކާތުގައި ރާއްޖޭގެ މަގުބޫލު 'ރޮބޯމޭން'ގެ ހިތްގައިމު ހަރަކާތްތަކާއި ޖޯޝުން ފުރިގެންވާ ހުށަހެޅުންތަކެއް ފެނިގެންދާނެ އެވެ.
ރޮބޯމޭންއަކީ ހުރިހާ އުމުރުފުރައެއްގެ ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. ސްޓޭޖުމަތީގައި ދައްކުވައިދޭ ފޯރިގަދަ ނެށުންތަކާއި ބެލުންތެރިންނާ ބާއްވާ ގާތް ގުޅުމުގެ ސަބަބުން، ރޮބޯމޭންއަކީ ރާއްޖޭގެ ބޮޑެތި ހަރަކާތްތަކާއި ފެސްޓިވަލްތަކުގައި ގިނަ ބައެއްގެ ލޯބި ލިބިފައިވާ ތަރިއެކެވެ.
ތަފްސީލް - މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދެނީ:
އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ލޯންޗު
މިއީ އެކި ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ލޯންޗެއް 
ކޮންމެ އުޅަނދެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް ހިމެނޭ
'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން، ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބާ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ކޮންމެ ހަ މަހަކުން މުޅިން އާ ލޯންޗެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
މީގެ އިތުރުން، ދިރާގުޕޭއަށް ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގެ ލޯންޗު ހޯދުމުގެ ފުރުސަތު އިތުރުކުރެވޭނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން:
ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450ރ. ނުވަތަ އެއަށް ވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށް ވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450ރ. ނުވަތަ އެއަށް ވުރެ މަތިން ބިލު ދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއްނެތް ފައިބާ 40އެމް ނުވަތަ އެއަށް ވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީޑްރޯގައި ބައިވެރިވެވޭނެ
ދިރާގު ކަސްޓަމަރުންނަށް އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް އަންނަ މާޗުގެ ނިޔަލަށް އެންރޯލްކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ