އިންޑިއާގެ ދެކުނުގައި މަސައްކަތްތެރިން އިހުތިޖާޖު ކުރާތީ ސެމްސަންގް ކޯޓަށް

ދެކުނު އިންޑިއާގައި ހުރި ސެމްސަންގ ކުންފުނީގެ
ޕްލާންޓެއްގައި މަސައްކަތްކުރާ މުވައްޒަފުން ރަނގަޅު މުސާރައަކާއި މަސައްކަތުގެ މާޙައުލު
ރަނގަޅުކުރުމަށް އެދި އިހުތިޖާޖުކުރަމުންދާތާ 12 ދުވަސް ވެފައިވާއިރު، މި އިހުތިޖާޖާ
ގުޅިގެން ސެމްސަންގް އިލެކްޓްރޯނިކްސްއިން ވަނީ އިހުތިޖާޖުކުރާ މުވައްޒަފުންނާ ދެކޮޅަށް
ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.
ތަމިލް ނާޑޫ ސްޓޭޓުގެ ކޯޓު ރެކޯޑުތަކުން ދައްކާގޮތުގައި
ސެމްސަންގް އިންޑިއާއިން ސެޕްޓެމްބަރު 12 ވަނަ ދުވަހު ކަންޗިޕުރަމް ޑިސްޓްރިކްޓް ކޯޓަށް
މައްސަލައެއް ހުށަހަޅާފައިވެއެވެ. ކޯޓުން ވަނީ މި މައްސަލައިގެ ރެސްޕޮންޑެންޓް ފަރާތްތަކަށް
އޮކްޓޯބަރު 28 ގެ ކުރިން ސެމްސަންގްގެ އެދުމަށް ޖަވާބުދާރީވުމަށް އަންގާފައެވެ.
ތަމިލް ނާޑޫގައި ހުރި ސެމްސަންގްގެ މަސައްކަތްތެރިން
މިހާރު ވަނީ 12 ވަނަ ދުވަހަށް އިހްތިޖާޖު ދަންމާލައިފައިވާއިރު، "ބަދުނާމު ސެމްސަންގް
މެނޭޖްމަންޓުން މިހާރު އަނިޔާވެރިކަން ބޭނުންކުރަމުން އެބަދޭ،" ފަދަ
ޝިއާރުތައް ހިފައިގެން ތިބި ޒުވާނުން މަގުތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
Advertisement
މި އިހުތިޖާޖަށް އެހީތެރިވަމުންދާ ސެންޓަރ އޮފް
އިންޑިއަން ޓްރޭޑް ޔޫނިއަންސް (ސީއައިޓީޔޫ) އިން ހުކުރު ދުވަހު ބުނީ ސެމްސަންގްއިން
ކޯޓްގައި އެދިފައިވަނީ "ސީއައިޓީޔޫގެ އެހީތެރިކަން ލިބިގެން އަލަށް އުފެދުނު ސެމްސަންގް
އިންޑިއާ ވަރކާސް ޔޫނިއަން އިން އިހުތިޖާޖުކޮށް މަސައްކަތަށް ހުރަސްއެޅުން ހުއްޓުވުމަށް
އަމުރެއް ނެރެދިނުމަށެވެ."
މަސައްކަތްތެރިން އެދެނީ ރަނގަޅު މުސާރައަކާއި
މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށެވެ. ސީއައިޓީޔޫއިން ބުނާގޮތުގައި ތަމިލް ނާޑޫ
ސްޓޭޓުގެ ސްރީޕެރުމްބުދޫރު ގައި ހުރި ސެމްސަންގް އިންޑިއާގެ ޕްލާންޓްގައި މަސައްކަތްކުރާ
1،723 މުވައްޒަފުންގެ ތެރެއިން 90 އިންސައްތަ މީހުން މިހާރު ވަނީ މަސައްކަތް ހުއްޓާލާފައެވެ.
މި ހަފުތާގެ ކުރީކޮޅު ސީއައިޓީޔޫއިން ބުނެފައިވަނީ
އިހުތިޖާޖުކުރާ މަސައްކަތްތެރިންގެ ތެރެއިން ހޯމަ ދުވަހު 100 އަށްވުރެ ގިނަ މީހުން
ހައްޔަރުކޮށްފައިވާ ކަމަށާއި، ނަމަވެސް ފަހުން އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.
ސެމްސަންގްއިން ފާއިތުވި ހަފުތާގައި ބުނެފައި،
ވަނީ "ހުރިހާ މައްސަލަތަކެއް ވީހާވެސް އަވަހަކަށް ހައްލުކުރުމަށްޓަކައި"
ޗެންނާއީ ޕްލާންޓުގެ މަސައްކަތްތެރިންނާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.
މި ހާދިސާއިން ފެންނަނީ ދެކުނު އޭޝިއާގެ ބޮޑެތި
އިންޑަސްޓްރިއަލް ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންގެ ޙައްޤުތަކާ ގުޅޭގޮތުން
އުފެދިފައިވާ ކަންބޮޑުވުންތަކުގެ މިސާލެކެވެ. މިފަދަ އިހުތިޖާޖުތަކުން ދައްކުވައިދެނީ
މަސައްކަތްތެރިންގެ ޙައްޤުތަކާއި މަސައްކަތުގެ ޝަރުތުތައް ރަނގަޅުކުރުމަށް ޓަކައި އިތުރު
މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ