މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާދަމާ މާލެ ސިޓީ، ހަނދުވަރުދޭ ގޯޅި، ހުސްނުހީނާ މަގު، މަޖީދީ މަގު އަދި ހަނދުވަރުދޭ ހިނގުން ހިމެނޭ ސަރަޙައްދުން ކަރަންޓު ކެނޑުން އެކަށީގެންވާކަމަށެވެ.
އެ ކުންފުނިން ލަފާކުރިގޮތުގައި މި ސަރަހައްދުން ކަރަންޓު ކެނޑުން އެކަށީގެންވަނީ މާދަމާ ހެނދުނު 09:30 އާއި 11:30 އާ ދެމެދުއެވެ.
އަދި މާލެ ސިޓީ، ހަވީރީ ހިނގުން، ބޮޑުތަކުރުފާނު މަގު، ޗަނބޭލީ މަގު، ކަނބާއައިސާރަނި ހިނގުން، ގަނދަކޯޅި މަގު، ޝަޙީދު ޢަލީ ހިނގުން އަދި ފުލޫނިޔާ މަގު ހިމެނޭ ސަރަޙައްދުން މާދަމާ މެންދުރުފަހު 2:00 އިން ފެށިގެން 3:00އާ ހަމައަށް ކަރަންޓު ކެނޑުން އެކަށީގެންވާކަމަށްވެސް ސްޓެލްކޯއިން ލަފާކޮށްފައިވެއެވެ.
ދެން ކަރަންޓު ކެނޑޭނެކަމަށް ލަފާކޮށްފައިވަނީ މާލޭ ސިޓީ، ޖަމާލުއްދީން ހިނގުން، ރަށްދެބައި މަގު، ލޮނުޒިޔާރަތް މަގު، ސިއްތިމާވާ ހިނގުން، ފާށަނާކިލެގެ މަގު އަދި ބޮޑުރަސްގެފާނު މަގު ހިމެނޭ ސަރަޙައްދުންނެވެ.
އެ މަގުތަކުން ކަރަންޓު ކެނޑޭނެކަމަށް އެކަށީގެންވަނީ މާދަމާ މެންދުރު ފަހު 2:00 އިން ހަވީރު 4:00 އާ ދެމެދުގެ ވަގުތެއްގައެވެ.
ސްޓެލްކޯއިން ބުނިގޮތުގައި މި ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެކަމަށް ލަފާ ކޮށްފައިވަނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރާތީއެވެ.
މާލޭގެ ތިން ސަރަހައްދަކުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ