ލަންކާގައި އުޅޭ ދިވެހިން ސަމާލުވުމަށް އެދިއްޖެ

ލަންކާ - މާދަމާ ބާއްވާ ސްރީ ލަންކާގެ ރިޔާސީ އިންތިހާބާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވާން ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އެދިއްޖެ އެވެ.ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީ އިން ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވަނީ އިންތިހާބާ ގުޅިގެން ލަންކާގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާތީ ދިވެހިން ސަމާލުވުމަށް އެދޭ ކަމަށެވެ.ވޯޓުލުމަށް ހަދާފައިވާ މަރުކަޒުތަކުގެ ކައިރިއަށް ނުދިއުމަށާއި ދަންވަރުގެ ވަގުތުތަކުގައި ބޭރުގައި ނޫޅުމަށާއި އަދި ކޮންމެހެން ބޭނުންވާ ޒަރޫރީ ތަކެތި ދުރާލާ ހޯދާފައި ބެހެއްޓުމަށްވެސް އެދިފައިވެ އެވެ.މީގެއިތުރުން ލަންކާގެ ސަލާމަތީ ފަރާތްތަކުން ދެމުންދާ އިރުޝާދުތަކަށް ސަމާލުވުމަށާއި ބޭރުގައި އުޅޭއިރު ކާކުކަން އަންގައިދޭ ލިޔުން ގެންގުޅުމަށްވެސް އެމްބަސީ އިން އެދިފައިވެ އެވެ. ލަންކާގެ ރިޔާސީ އިންތިހާބުގައި 39 ކެންޑިޑޭޓަކު ވާދަކުރެ އެވެ. މިއީ ލަންކާގެ ތާރީހުގައި މިހާ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާ ފުރަތަމަ އިންތިހާބެވެ. މި އިންތިހާބުގައި 17 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުލާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ