ސޯޝަލް މީޑިއާގައި ރައީސް މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ވިސްނަވާކަމަށް ރައީސް މުއިއްޒު ވިދާޅުވި ހަބަރެއް ޝެއާކޮށް އެމަނިކުފާނަށް މަރުގެ އިންޒާރު ދީ ކޮށްފައިވާ ޕޯސްޓެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ތަފްސީލް - ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ރައީސަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެކަމަކު އެ މައްސަލަ ތަހުގީގުކުރަނީ ފުލުހުން އަމިއްލައަށް އިސްނަގައިގެން ކަމެއް ނުވަތަ މީހަކު ހުށަހަޅައިގެން ކަމަށް ފުލުހުން ނުބުނެ އެވެ.
މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަން ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ކަނޑައަޅަން ރައީސް މުއިއްޒު ވަނީ ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައި ކަމަށް، ރޭ އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ