ބީއެމްއެލްއިން ހުޅުމާލޭން 154 މިލިއަން ރުފިޔާއަށް ބިމެއް ގަނެފި

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލެއިން 153.9 މިލިއަން ރުފިޔާއަށް ބިމެއް ގަނެފި އެވެ.ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ހުޅުމާލެ 2 ގައި އޮތް އެ ބިމުގެ މިލްކުވެރިކަން ބީއެމްއެލް އަށް ބަދަލުކުރީ އެ ބޭންކުގެ ނަމުގައި ހުޅުމާލެ 1 ގައި އޮތް ބިމަކާ ލާޖައްސައިގެންނެވެ. އެ ދެ ބިމަކީ ވެސް 15،800 އަކަފޫޓުގެ ދެ ބިމެވެ.އެ މުއާމަލާތާ ގުޅިގެން ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީ ލާޖެއްސުމުގެ މުއާމަލާތްތަކުގައި ދައުލަތުގެ ފަރާތުން ބިމުގެ ކަންކަން ހަވާލު ކޮށްފައިވާ ނާޒިރުގެ ރުހުން އޮތްތޯ ބަލަން ޖެހޭ ނަމަވެސް އެ ދެ ބިމަކީ އެޗްޑީސީގެ އިހުތިސާސްގެ ތެރޭގައި އޮތް ދެ ބިން ކަމަށް ވާތީ އެކަމުގައި ރުހުން އޮތްތޯ ބަލަން ނުޖެހޭ ކަމަށެވެ. އެ މުއާމަލާތުގައި ގާނޫނީ ހުރަހެއް ނެތުމުން އެއީ ސައްހަ މުއާމަލާތެއް ކަމަށް ހުކުމުގައިވެ އެވެ.ހުކުމްގައި ބުނީ، އެ އަދަދަށްވާ ފައިސާ ބީއެމްއެލްއިން ވަނީ އެޗްޑީސިއަށް ދައްކައި ހަލާސްކޮށްފަ އެވެ. އަދި މި މުއާމަލާތުގައި ފުރިހަމަވާން ޖެހޭ އެންމެހާ ކަންކަން ފުރިހަަމަވާ ކަމަށް ވެސް އެ ހުކުމްގައި ކަނޑައަޅާފައިވެ އެވެ.އެއާ އެކު، އެޗްޑީސީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މި ބިން ބީއެމްއެލްއަށް މިލްކުވެގެންވާކަން ހުކުމްގައި ކަނޑައެޅި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ