ރާއްޖެ އަކީ މިނިވަން ގައުމެއް ނޫން ކަމަށާއި އަދިވެސް ރާއްޖެ އޮތީ ސަލާން ޖެހުމުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ 60 ވަނަ މިނިވަން ދުވަސް ރާއްޖެއާ ބައްދަލުކުރާއިރު ރާއްޖެއަކީ މިނިވަން ގައުމެއް ނޫން ކަމަށާއި އަދިވެސް ނާށިގަނޑު ހިފައިގެން ސަލާން ޖަހަނީ ކަމަށެވެ. އަދި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަންނާނެ ވިސްނުމެއް ސިޔާސީ ލީޑަރުންގެ ކިބައިގައި ހުރިތޯ ސުވާލުކުރަންޖެހޭ ކަމަށާއި މިއަށް ވުރެ މުހިއްމު ކަމެއް މިވަގުތު ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.
"ދަރަނި އޮތް ގޮތުން އަޅުގަނޑުމެންގެ ބަސްވިކޭ ހިސާބަކު ނޫން މިއޮތީ. ދެން ކޮބާތޯ ރާއްޖޭގައި އުޅުމުގެ އުފަލަކީ 60 ވަނަ އަހަރުގެ މިނިވަންކަމުގެ ވާހަކަ ދައްކާއިރު؟" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އިގްތިސާދީ ދަތިކަމުން އަރައިގަންނަން ކުރާނެ މަސައްކަތްތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ކިޔައިދެއްވަންޖެހޭ ކަމަށެވެ. އަދި މިހާރު ސަރުކާރުން ދޭތެރެއަކުން ކަމެއްކޮށްލާ އުސޫލުން ކަންކަން ކޮށްގެން ބޮޑު މަންޒަރު ނުފެންނަ ކަމަށާއި ރާއްޖެ މިހާރު ބޮޑު މަންޒަރު ދެކެން ބޭނުންވާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ރާއްޖޭގެ ރައްޔިތުން އުޅެންވީ ދަތިވާ ކޮންމެ ފަހަރަކު އިންޑިއާގެ އެހީ ހޯދައިގެންތޯ ވެސް ޔާމީން ސުވާލުކުރެއްވި އެވެ. މިއީ ރާއްޖޭގެ ކާބަފައިން އުޅުނު ގޮތެއް ނޫން ކަމަށާއި މިހާރު އޮތް ހިސާބުން އަރައިގަންނާނެ ގޮތެއް އަދި ސަރުކާރުން އެކަމާ ގުޅޭ މަޝްވަރާތައް ހޯދަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖެ މިނިވަނެއް ނޫން، އަދިވެސް މިތިބީ ސަލާން ޖެހުމުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ