ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ އޭޝިއާގެ ޔޫތު ނެޓްބޯޅަ މުބާރާތުގައި ރާއްޖޭގެ 21 އަހަރުން ދަށުގެ އަންހެން ޓީމުން ދެކުނު ކޮރެއާ އަތުން ތަފާތު ބޮޑު މޮޅެއް ހޯދައިފި އެވެ.
ޖުމްލަ އެކު، ފަސް މެޗު ގްރޫޕް ސްޓޭޖުގައި ކުޅެން ލިބޭއިރު، ރާއްޖޭން ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު މޮޅެއް ހޯދީ އިއްޔެ ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ތާރީހީ ނަތީޖާއެއް ފެނިގެންދިޔަ މި މެޗުގައި، ރާއްޖޭން ކާމިޔާބު ހޯދީ، 129-03 އިންނެވެ.
ޖުމްލަ އެކު 11 ޓީމު ވާދަކުރާ މި މުބާރާތުގައި، ރާއްޖޭން ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި، މިއަދު ނުކުންނާނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައިވާ، ޕާކިސްތާނާ ދެކޮޅަށެވެ.
ރާއްޖޭން ފުރަތަމަ މެޗުގައި، ޗައިނީސް ޓައިޕޭއާ ވާދަކޮށް މޮޅުވީ، 51-26 އިންނެވެ. އަދި، ދެ ވަނަ މެޗުގައި، އޭޝިއާގެ ވަރުގަދަ ގައުމެއް ކަމަށްވާ ޖަޕާނާ ދެކޮޅަށް ނުކުމެ ރާއްޖޭގެ ޓީމުން ކާމިޔާބު ހޯދީ، 59-32 އިންނެވެ. ތިން ވަނަ މެޗުގައި، ސައުދީ އަރަބިއްޔާއާ ވާދަކޮށް، ވަރުގަދަ ކުޅުމެއް ދައްކައި، ފަރަގު ބޮޑު ނަތީޖާ އަކުން މޮޅުވި އެވެ. އެ ގޮތުން، ސައުދީ އަރަބިއްޔާ އަތުން މޮޅުވީ، 73-20 އިންނެވެ.
މި މުބާރާތުގައި ރާއްޖޭން ވާދަކުރަމުން އަންނަނީ، ތަޖުރިބާކާރު ކޯޗު، ނީޝާ ހަލީމްގެ އިތުރުން، ގައުމީ އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ކޯޗިން ޓީމެއްގެ އިރުޝާދުގެ ދަށުންނެވެ. ޖުމްލަކޮށް، ބަލާއިރު، ޒުވާން އަންހެން ނެޓްބޯޅަ ޓީމުގެ ނަތީޖާތައް ފެންނަނީ އުންމީދު ބޮޑުކޮށެވެ.
ޒުވާން ނެޓްބޯޅަ ޓީމަށް ދެކުނު ކޮރެއާ އަތުން ތަފާތު ބޮޑު މޮޅެއް ޒުވާން ނެޓްބޯޅަ ޓީމަށް ދެކުނު ކޮރެއާ އަތުން ތަފާތު ބޮޑު މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ