މީޑިއާ ބިލަށް ބަހުސްކުރަން ދައުރުން ބޭރުން މާދަމާ ޖަލްސާއެއް
މީޑިއާ ކޮންޓްރޯލްކުރުމަށް ސަރުކާރަށް މަގުފަހިވާގޮތަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލުގެ ބަހުސް، މާދަމާ ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ.ކުރިން ވެސް މިފަދަ ބިލެއް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްހަންނާން އަބޫބަކުރު މަޖިލީހަށް 19 އޮގަސްޓުގައި ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން އިއްވައި އިބްތިދާއީ ބަހުސް ވެސް އެ ދުވަހު ވަނީ ފަށާފަ އެވެ.ނަމަވެސް، އެ ދުވަހު ހަތް މެންބަރަކު ވާހަކަ ދެއްކެވުމާ އެކު، ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ބިލަށް މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ބަހުސް ކުރައްވަން ބޭނުންވާކަން ފާހަގަކުރެއްވޭ ކަމަށެވެ. އެއާ އެކު އިބުތިދާއީ ބަހުސް އެ ދުވަހު އިތުރަށް ކުރިއަށް ނުގެންގޮސް ނިންމާލީ އެވެ.އެއީ މަޖިލީހުގެ އެ ދައުރުގެ ފަހު ޖަލްސާ އެވެ. ދެން އޮތް ދައުރު ފަށާނީ 1 އޮކްޓޫބަރުގަ އެވެ.ނަމަވެސް ދައުރުން ބޭރުން މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތާވަލުކޮށް، މީޑިއާ ބިލަށް ބަހުސްކުރުން ވެސް އެޖެންޑާގައި ވަނީ ހިމަނާފަ އެވެ.ފާހަގަކުރެވޭ ގޮތުގައި، ހަންނާން ހުށަހެޅުއްވި މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ.މީގެ އިތުރުން، ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާ އެކު އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ.އެހެންވެ، މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭއިން އެ ގާނޫނު އަނބުރާ ގެންދަން ގޮވާލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ