ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ދޫކޮށްފައި އޮންނަ ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ ގެއްލިގެން ހޯދަމުން ދިޔަ މީހާކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ދޫކޮށްފައި އޮންނަ ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން މައްސަލަ ތަހްގީގުކުރަން ފަށާފައިވާކަން ފުލުހުން ހާމަކުރީ 25 އޯގަސްޓް 2025 ގައެވެ.
ފުލުހުން މިރޭ ބުނެފައިވާ ގޮތުގައި، މަރުވެފައި އޮއްވާ ފެނިފައިވަނީ، 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ނޭޕާލަށް ނިސްބަތްވާ ރުޕަން ތާޕާ މަގަރު (29އ) ކަން ފޮރެންސިކް ތަހުލީލުތަކުން ވަނީ ކަށަވަރު ކުރެވިފައެވެ.
ފުލުހުން އިތުރަށް ބުނީ، މިހާތަނަށް ބެލި ބެލުމުން، ރުޕަން ތާޕާ މަގަރު މަރުވުމުގައި ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ހުޅުމާލޭގައި މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދާ ބިދޭސީ މީހާކަން ކަށަވަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ