ހުރިހާ ޖަލުތަކެއް ފެންނަ ސެންޓްރަލް ސީސީޓީވީ ރޫމެއް ހުޅުވަން ރަސްމިއްޔާތެއް ބާއްވައިފި ހުރިހާ ޖަލުތަކެއް ފެންނަ ސެންޓްރަލް ސީސީޓީވީ ރޫމެއް ހުޅުވަން ރަސްމިއްޔާތެއް ބާއްވައިފި

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ ޖަލެއްގެ ކެމެރާތައް އެއްތަނަކުން ބެލޭނެ ގޮތަށް ހަދައި ސެންޓްރަލް ސީސީޓީވީ ރޫމެއް ހުޅުވަން ރަސްމިއްޔާތެއް ބާއްވައިފި އެވެ.
މިއިީ ހުޅުމާލޭ ޖަލުގައި އަލަށް ގާއިމުކުރި ސެންޓްރަލް ސެކިއުރިޓީ ކޮމާންޑުން ބަލަހައްޓާ ތަނެކެވެ. އެ ތަން ހުޅުވައިދިނީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ. ހުރިހާ ޖަލެއްގެ ސީސީޓީވީ 24 ގަޑިއިރުން މި ތަނުން މޮނީޓަރު ކުރެވޭނެ އެވެ.
"މި ނިޒާމަކީ ގިނަ ކެމެރާތަކެއްގެ ފުޓޭޖް ދިގު މުއްދަތަށް ރައްކާކޮށް، ބޭނުންވާ ފުޓޭޖް ފަސޭހަ އިން ހޯދާލެވޭ ނިޒާމެއް. އަދި މުސްތަގްބަލްގައި މިސިސްޓަމްއަށް އޭއައި އިންޓަގްރޭޓް ކުރުމުގެ މަސައްކަތް ކުރެވޭނެ،" ކަރެކްޝަނުން ބުނެފައި ވެ އެވެ.
ސީސީޓީވީ ކެމެރާތަކެއް މަރުކަޒުކޮށް ބެލެނޭ ގޮތް ހެދުމަށް ފަހު މި ސަރުކާރުން ރަސްމިއްޔާތެއް ބާއްވާފައިވާއިރު އެ ރަސްމިއްޔާތުގައި އިހުސާންގެ އިތުރުން، ޕްރިޒަންސް ކޮމިޝަނަރު، އިމިގިރޭޝަން ކޮންޓްރޯލަރު، ކަސްޓަމްސް ސާވިސްގެ ކޮމިޝަނަރާއި އެ ތަންތަނުގެ އިސްވެރިން ބައިވެރިވި އެވެ.
މީގެ ސަބަބުން ޖަލުތަކުގެ ސެކިއުރިޓީ ކުރިއަށްވުރެ ހަރުދަނާވެ، ޖަލަށް މަނާ ތަކެތި ވެއްދުން މަދުވެ، ޖަލުތަކުގައި ހިނގާފާނެ ހާދިސާތައް މަދުވެގެންދާނެ ކަމަށް ކަރެކްޝަނުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ