މާޅޮސް ފަޅުތެރޭގައި އޮތް ދޯންޏަކުން އެއްޗެއް ގޮވައި 2 ބިދޭސީން ފިހިއްޖެ

އއ. މާޅޮސް ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި، ދެ ބިދޭސީއަކު ފިހިއްޖެ އެވެ.
ތަފްސީލު - ފުލުހުން ބުނީ އެ ހާދިސާ ހިނގީ މިރޭ 8:45 ހާއިރު ކަމަށެވެ.
އެ ހާދިސާގައި ފިހުނު ދެ ބިދޭސީން މާޅޮސް ހެލްތު ސެންޓަރުން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
އެ ހާދިސާގައި ގޮވީ ކޮން އެއްޗެއް ކަމާއި އެ ދެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލު ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ