ޒަޔާން އާއި ނިބާލްގެ ޕެއާ އަށް ވެސް މެލޭޝިއާ މުބާރާތުން ރަން މެޑަލް ޒަޔާން އާއި ނިބާލްގެ ޕެއާ އަށް ވެސް މެލޭޝިއާ މުބާރާތުން ރަން މެޑަލް

މެލޭޝިއާގެ އެމްބީއޭ އިންޓަނޭޝަނަލް މުބާރާތުގެ އޯޕަން ކެޓަގަރީގެ ފިރިހެން ޑަަބަލްސް ބައިން، ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާ އިން ރަން މެޑަލް ހޯދައިފި އެވެ.
މެލޭޝިއާގެ ޕޯޓް ޑިކްސަންގައި ކުރިއަށްދާ، އެމްބީއޭ އިންޓަނޭޝަނަލް މުބާރާތުގެ ފިރިހެން ޑަބަލްސް ބައިން ނިބާލް އާއި ޒަޔާންގެ ޕެއާ ރަން މެޑަލް ހޯދީ ފައިނަލުގައި، 31-28 އިން އިންޑޮނޭޝިއާގެ ރިސްކީ އަންތަސާރީ އާއި ސައުދީ އަރަބިއްޔާގެ އަހުމަދު އަންދާ ފަހުމީގެ ޕެއާ އަތުން މޮޅުވެގެންނެވެ.
ދާދި ފަހުން ފިރިހެން ޑަބަލްސް ޕެއާއެއްގެ ގޮތުގައި ކުޅެން ފެށި ނިބާލް އާއި ޒަޔާންގެ ޕެއާ އިން މިދިޔަ އަހަރު ބޮޓްސްވާނާ އިންޓަނޭޝަނަލް މުބާރާތުގެ ފިރިހެން ޑަބަލްސް އިން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.
މެލޭޝިއާ މުބާރާތުގެ އަންހެން ޑަބަލްސް އިން ރާއްޖޭގެ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާ ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އަދި، އަންހެން ސިންގަލްސް އިން ނަބީހާ އަށް ލޯ މެޑަލް ލިބުނުއިރު، ނަބާހާ ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.
ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފް އިން މިދިޔަ މެއި މަހު 16 ވަނަ ދުވަހު، ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑް ކުރަން ނިންމައި، ރާއްޖެ ސަސްޕެންޑްކުރިކަން އަންގައި، އިއުލާނުކުރީ އެ މަހު 20 ވަނަ ދުވަހު އެވެ.
ބީއޭއެމް ސަސްޕެންޑްކުރިކަން އަންގައި، ބީޑަބްލިއުއެފް އިން ކުރި އިއުލާނުގައި ބުނެފައިވަނީ، ސަސްޕެންޝަނުގައި މި އޮތް މުއްދަތުގައި، ރާއްޖޭގެ އެއްވެސް ކުޅުންތެރިއަކަށް ބީޑަބްލިއުއެފް އިން ރުހުންދޭ އެއްވެސް މުބާރާތެއްގައި ނުކުޅެވޭނެ ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ކުޅުންތެރިން މި ވަގުތު ކުޅެނީ، ބީޑަބްލިއުއެފް ލެވަލް ނޫން މުބާރާތްތަކުގަ އެވެ.
މެލޭޝިއާގެ ސްޓޭޓް ލެވަލް މުބާރާތެއް ކަމަށްވާ އެމްބީއޭ ޗެމްޕިއަންޝިޕްގައި ނަބާ އާއި ނަބީގެ އިތުރުން، ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ވެސް ވާދަކުރެެވެ އެވެ. މުބާރާތުގެ ފޯމެޓް އޮތްގޮތުން ކުޅެނީ، 31 ޕޮއިންޓުން ނިމޭ ގޮތަށް އެއް ސެޓަށެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ