ކުއިކް އީޒީން ހައިޑިއާ އައުޓްބޯޑު މެރިން އިންޖީނު މާކެޓަށް ނެރެފި އެވެ.
ބުރާސްފަތި ދުވަހު ބޭއްވި ހަފްލާއެއްގައި އެ އިންޖީނު މާކެޓަށް ނެރުނީ ހަފްލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވި އަލްޝާލީ މެރިންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ޝަރީފް އެވެ.
ކުއިކް އީޒީން ބުނީ ޗައިނާގެ ހަންޒޯ ހައިޑިއާ މެޝިނަރީގެ އެ އިންޖީނުގެ 2.5 ހޯސްޕަވާ އިން ފެށިގެން 130 ހޯސް ޕަވާ އިންޖީނާއި ހަމައަށް ލިބޭނެ ކަމަށެވެ.
އެ އިންޖީނަކީ ޔޫރަޕް އަދި އެމެރިކާގައި މަޤުބޫލުކަން ހޯދަމުން އަންނަ މިވަގުތު ދުނިޔޭގައި އެންމެ ބާރުދުވެލީގައި މާކެޓް ހޯދަމުންދާ އަންނަ އައުޓްބޯޑު އިންޖީނު ބްރޭންޑެވެ.
ކުއިކް އީޒީން ރާއްޖޭގެ މާކެޓަށް ހައިޑިއާ އައުޓްބޯޑު ނެރުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
2008 ވަނަ އަހަރުން ފެށިގެން އުފައްދަމުން އަންނަ އެ އިންޖީނަކީ ރާއްޖޭގެ މާހައުލާއި ގުޅޭ ، ތެލުގެ ޚަރަދު ކުޑަ އަދި އިންޖީނުގެވެސް އަގު ހެއު ކޮލިޓީ ބްރޭންޑެކެވެ.
އެ ބްރޭންޑުގެ 150،175 އަދި 200 ހޯސްޕަވާގެ އިންޖީނު އަންނަ އަހަރުގެ ތެރޭގައި ރާއްޖޭއަށް ތައާރަފް ކުރުމަށް ކުއިކް އީޒީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އިންޖީނުގެ އާފްޓާ ސޭލްސް ސާވިސް އަދި ހުރިހާ ސްޕެއާ އެއްވެސް ކުއިކް އީޒީ އިން ލިބޭނެ އެވެ.
ކުއިކް އީޒީން ހައިޑިއާ އައުޓްބޯޑު މެރިން އިންޖީނު ރާއްޖޭގެ މާކެޓަށް ނެރެފި ކުއިކް އީޒީން ހައިޑިއާ އައުޓްބޯޑު މެރިން އިންޖީނު ރާއްޖޭގެ މާކެޓަށް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ