އުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ދިޔަ 70 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

ޠައިބާ ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައި އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދިވެއްސަކު ރޭ މަރުވެއްޖެއެވެ. އުމްރާއަށް ގޮސް ހުއްޓައި މަރުވީ، ތ. ވަންދުއަށް އުފަން, އުމުރުން 70 އަހަރުގެ އިސްމާއީލް އަހުމަދެވެ. ޠައިބާ ގުރޫޕުން ބުނި ގޮތުގައި، އޭނާ މަރުވީ ކުއްލި ގޮތަކަށެވެ. އިސްމާއިލްގެ މައްޗަށް ކުރި ކަށުނަމާދު ބާއްވާފައި ވަނީ މިއަދު ފަތިސް ނަމާދަށް ފަހު މަސްދިޖުލް ޙަރަމްގައެވެ. ހައްޖަށް އަދި އުމްރާއަށް ގޮސް އުޅުމުގެ ތެރޭގައި ދިވެހީން މަރުވުމަކީ ދޭތެރެދޭތެރެއިން ދިމާވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ