އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދެނީ ވައިޑް ބޮޑީ ފްލައިޓަށް،
ގައުމީ އެއާލައިން މޯލްޑިވިއަންގެ ބައިނަލްއަގްވާމީ ދަތުރުތައް ރޭ ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށް ދަތުރުތައް ފަށައިފިއެވެ.ވެލާނާ އެއަޕޯރޓުގެ އައު ޓަރމިނަލުން އެންމެ ފުރަތަމަ ޚިދުމަތް ދީފައިވަނީ މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓަށެވެ. ގާތްގަނޑަކަށް 100 ފަސިންޖަރުންނާއެކު މިއަދު މެންދުރު ފަހު ކޮޗިންއިން ރާއްޖެ އައި މި ބޯޓު ވެލާނާ އެއާޕޯޓަށް ޖެއްސުމާއެކު ބޯޓަށް ވޯޓާ ސެލިއުޓެއްވެސް ވަނީ ދީފައެވެ. މި ތާރީހީ ފްލައިޓުގައި ހިދުމަތް ދޭންތިބި ކްރޫ އިންވެސް ތިބީ ދިވެހި ހެދުމުގަ އެވެ. އެގޮތުން އަންހެން ކުރޫއިން ދިވެހި ދިގު ހެދުމުގައި ތިބި އިރު، ފިރިހެން ކްރޫއިން ލައިގެން ތިބީ މުންޑާއި ހުދު ގަމީހެވެ. ޒަމާނީ ގިނަ ވަސީލަތްތަކާއެކު، އާ ހިދުމަތްތައް ވެސް ހިމެނޭގޮތަށް ހުޅުވި އާ ޓާމިނަލްގެ ބޭރުން ފެންނަންހުރި ފާރުތައް ފަރުމާކޮށްފައިވަނީ ގަދީމީ ޒަމާނުގެ މިސްކިތްތަކުގެ ފާރުގައި ހުންނަ ގޮތަށް ހިރިގަލުގެ ކުރެހުންތައް އަސްލަކަށް ބަލައިގެންނެވެ. މީގެ އިތުރުން ޓާމިނަލްގެ ބޭރުން ބަލާއިރު ސިފަ ވަނީ ކަނޑުން ނަގާ ރާޅުތަކެވެ. އެއާޕޯޓުގެ އެތެރެ ވެސް ފަރުމާކޮށްފައި ވަނީ، ދިވެހި ވަންތަކަށް ދައްކުވައިދޭ ގޮތަކަށެވެ. އެއާޕޯޓުގައި މައިގަނޑުގޮތެއްގައި ބޭނުންކޮށްފައި ހުރީ ނޫކުލައާއި ހުދުކުލައެވެ.މޯލްޑިވިއަންއިން ބުނި ގޮތުގައި އެ އެއާލައިންގެ ހުރިހާ ބައިނަލްއަގްވާމީ ދަތުރުތައް ކުރާނީ އައު ޓާމިނަލް އެކަކުންނެވެ. އެހެންކަމުން މޯލްޑިވިއަންގެ ބައިނަލްއަގްވާމީ ދަތުރުތައް ކުރާ ފަސިންޖަރުން ޓާމިނަލް އެކަކަށް އައުމަށް ވަނީ އެދިފަ އެވެ.ވެލާނަރ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލަކީ ޒަމާނީ ގިނަ ހިދުމަތްތަކާއެކު ތަރައްގީކުރެވިފައިވާ ޓަރމިނަލެކެވެ. އެގޮތުން މި ޓަރމިލަނުގައި ޑިޕާޗާ ހޯލުގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. އަދި އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފަ އެވެ. މިއީ އައު ޓަރމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތައާރަފްކުރެވޭ ހިދުމަތެކެވެ.ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ސައޫދީ ފަންޑުގެ ދަށުން ގާތްގަނޑަކަށް 5.3 ބިލިއަން ރުފިޔާ އަށް ސައޫދީ އަރަބިއްޔާގެ ބިން ލާދިން ކުންފުންޏާ ހަވާލުކުރީ 2016ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ