އުރީދޫ މަސް ރޭސް ދެ ރަށެއްގައި ބާއްވަން ނިންމައި، ބައިވެރިވާން ހުޅުވާލައިފި އުރީދޫ މަސް ރޭސް ދެ ރަށެއްގައި ބާއްވަން ނިންމައި، ބައިވެރިވާން ހުޅުވާލައިފި

ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން މި އަހަރުގެ އުރީދޫ މަސްރޭސް ދެ ރަށެއްގައި ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އުރީދޫ އިން ބުނީ ކ. ހުރާ އަދި ށ. ފުނަދޫގައި އަންނަ އޯގަސްޓު މަހު ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ ޖުލައި 30، ގެ 23:59 ގެ ނިޔަލަށް ކަމަށެވެ.
އުރީދޫ މަސް ރޭސް އެންމެ ފުރަތަމަ މިފަހަރު ބާއްވަނީ އޮގަސްޓް 22، ގައި ކ. ހުރާގަ އެވެ. ށ. ފުނަދޫގައި އުރީދޫ މަސް ރޭސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް 29، ގަ އެވެ.
ކެޕްޓަނާއި އޮފިޝަލުން ހިމެނޭހެން 12 މީހުންގެ ޓީމެއް ހެދުމަށްފަހު އޮންލައިންކޮށް ފޯމު ފުރާލުމުން މުބާރާތުގައި ރަޖިސްޓްރީ ކުރެވޭނެ އެވެ.
މުބާރާތުގައި ޗެމްޕިއަން ޓީމަށް 25،000ރ. ލިބޭއިރު ދެވަނަ ޓީމަށް ލިބެނީ 10،000ރ. އެވެ. އަދި ތިންވަނަ ޓީމަށް ލިބެނީ 5،000ރ. އެވެ. މީގެއިތުރުން މުބާރާތުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް ވެސް އިނާމު ދޭނެ އެވެ.
އުރީދޫ އިން ބުނީ މުބާރާތުގައި ކޮންމެ ސަރަހައްދަކުން ވެސް އެންމެ ގިނަވެގެން ބައިވެރިވެވޭނީ 16 ޓީމަށް ކަމަށެވެ. މިގޮތުން 16 ޓީމަށްވުރެ ގިނައިން ރަޖިސްޓާ ކޮށްފައިވާނަމަ ބައިވެރިވާ ޓީމުތައް ހޮވަން ޑްރޯއެއް ނަގާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ނޮހޮވޭ ޓީމަށް ފުލް ރީފަންޑް ލިބޭނެ އެވެ.
އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑު ފެށުނީއްސުރެވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ.
އުރީދޫ މަސް ރޭހުގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން ވަނީ ދައުވަތު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ