އެސްޓީއޯ މެގަ ސޭލް: 500ރ.އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ލަކީޑްރޯއެއް

އެސްޓީއޯ ޕީޕަލްސް ޗޮއިސުން 'މެގަ ސޭލް ޕްރޮމޯޝަން'ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ޕްރޮމޯޝަންގެ ދަށުން ޕީޕަލްސް ޗޮއިސުން ވިއްކާ ގިނަ ތަކެތިން %35އާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ 20 އޮކްޓޯބަރުގެ ނިޔަލަށެވެ.
ތަފްސީލް - އެސްޓީއޯގެ މެގަ ޕްރޮމޯޝަންގެ ދަށުން ތަފާތު 2 ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފައެވެ. އެގޮތުން:
އެސްޓީއޯ ޕީޕަލްސް ޗޮއިސުން 500ރ.އަށް ވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ވަރަށް ހާއްސަ ލަކީޑްރޯއެއްގައި ބައިވެރި ވުމަށް ކޫޕަނެއް ލިބޭނެ
ލަކީޑްރޯގެ ގުރުއަތުން 3 ނަސީބުވެރި ފަރާތެއް ހޮވާނެ 
ނަސީބުވެރި ފަރާތްތަކަށް އަގުހުރި ގިނަ އިނާމުތަކެއް ލިބޭނެ
ލަކީޑްރޯގެ އިނާމުތަކުގެ ތެރޭގައި:
 1 ވަނައަށް ހޮވޭ ފަރާތަކަށް - ފިލިޕްސް 50 އިންޗިގެ ޓީވީއަކާއި ހިޓާޗީ މައިކްރޯވޭވް އަދި ހިޓާޗީ ބްރޭންޑުގެ އައިސްއަލަމާރިއެއް
2 ވަނައަށް ހޮވޭ ފަރާތަކަށް - ހިޓާޗީ ވޯޓާ ޑިސްޕެންސަރު، ދޮންނަ މެށިން އަދި ހިޓާޗީގެ ފަންކާއެއް
3 ވަނައަށް ހޮވޭ ފަރާތަކަށް - ހިޓާޗީ ޑިޝް ވޮޝާ އަދި ރައިސް ކުކަރެއް
މީގެ އިތުރުން، މި ޕްރޮމޯޝަންގެ ދަށުން ސޯޝަލް މީޑިއާގައި ވެސް ހާއްސަ ކެމްޕެއިންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިއާ ޕޭޖްތަކަށް ފޮލޯ ކުރުމަށް ފަހު، ޕްރޮމޯޝަން މުއްދަތުގައި އަޕްލޯޑް ކުރާ ޕޮޓޯތަކުން ފެންނަ ޕްރޮޑަކްޓް ދިމާކޮށްގެން ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރި ފަރާތަކަށް ގިފްޓް ހެމްޕައެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
މެގަ ސޭލް ދަށުން ވިއްކާ ޕްރޮޑަކްޓްތައް ގަނެގެން، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޭޝްޓެގް #stopeopleschoice ނުވަތަ މެގަ ސޭލަށް ހާއްސަކޮށްފައިވާ ހޭޝްޓެގް #MegaSalePC އެކު ޕްރޯޑަކްޓްތަކުގެ ފޮޓޯ އަޕްލޯޑްކޮށްގެން ވަރަށް އަގުހުރި ފިލިޕްސް އެއާ ފަރަޔައެއް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ