ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށް ކްލަބް އެޗްޑީސީން ނުކުންނާނީ ސިފައިންނަކީ ޓީމެއްގެ ގޮތުގައި ކުޅޭ ޓީމެއްކަން ދެނެގެން ކަމަށް އެޗްޑީސީގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.
ގައުމީ މުބާރާތުގެ ފައިނަލުން އެޗްޑީސީ ޖާގަ ހޯދީ ސެމީގެ ފުރަތަމަ މެޗުގައި ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށް، ސެމީގެ ތިން ވަނަ މެޗުގައި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މުބާރާތުގެ ފައިނަލުން ސިފައިން ޖާގަ ހޯދީ ފުރަތަމަ ސެމީގައި ދަޑިމަގު ބަލިކޮށްގެންނެވެ.
ގައުމީ މުބާރާތުގެ ފައިނަލަށް އެޗްޑީސީން ނުކުންނައިރު، އެ ޓީމަށް މިދިޔަ ތިން އަހަރުގެ ތެރޭގައި ނުލިބި އޮތް ހަމައެކަނި ކާމިޔާބީއަކީ ގައުމީ މުބާރާތެވެ. ސިފައިންނަކީ މި މުބާރާތް އެންމެ ފަހުން ދެ ފަހަރު ވެސް ކާމިޔާބުކުރި ޓީމެވެ.
ފައިނަލުގެ ކުރިން ކާއްޓޭ ބުނީ، އެޗްޑީސީން ކޮންމެ ފައިނަލަކަށް ވެސް ނުކުންނަނީ ކާމިޔާބު ހޯދުމުގެ އަޒުމުގައި ކަަމަށެވެ. އެހެންވެ، މިރޭގެ މެޗަށް ވެސް އެޗްޑީސީން ނުކުންނާނީ އެ އަޒުމުގައި ކަމަށް ކާއްޓޭ ބުންޏެވެ.
"ސިފައިންނަކީ އަބަދުވެސް ޓީމެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަނީ ޓީމްވޯކް ރަނގަޅު ވަރުގަދަ ޓީމެއްގެ ގޮތުގައި އަދި ބިދޭސީ ކުޅުންތެރިޔާ ބަދަލުކުރި ބަދަލުކުރުމާއެކު އެ ޓީމު އޮތީ ވަރަށް ވަރުގަދަކޮށް، އެހެންނަމަވެސް އަޅުގަނޑުމެންގެ އަޒުމަކީ ހަމަ ސިފައިން ބަލި ކުރުން" ކާއްޓޭ ބުންޏެވެ.
ކާއްޓޭ ބުނީ ތިން މުބާރާތް ކައިރި ކައިރީގައި ކުޅެން ޖެހުމުން އޭގެ ދަތިކަން ހުރިކަން ކާއްޓޭ ފާހަގަކުރި އެވެ. އަދި އޭގެ ސަބަބުން ޓީމުގެ އެންމެ މޮޅު ކުޅުން ނުދެއްކޭ ކަން ކާއްޓޭ ފާހަގަކުރި އެވެ.
"އަޅުގަނޑުމެން އެސޯސިއޭޝަން ކަޕުގެ ފައިނަލުގައި ސިފައިން އަތުން ބަލިވީމަ އެއިން އަރައި ނުގަނެވިފަ ތިބީ. ދެން ޕޮލިސް މެޗުން މޮޅުވީމަ، މެޗަކަށް ފަހު މެޗެއް މިދަނީ ރަނގަޅުވަމުން. އެކަމަކު ޓީމު ވަރަށް ބޮޑަށް ވަރުބަލިވީމަ އެކަން އެބަ ފެނޭ." ކާއްޓޭ ބުންޏެވެ.
ގައުމީ މުބާރާތުގެ ފައިނަލުގައި މިރޭ އެޗްޑީސީން ސިފައިންނާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ 20:30 ގަ އެވެ.
އެޗްޑީސީން ގައުމީ ފައިނަލުގައި ސިފައިންނާ ދެކޮޅަށް ކުޅޭނީ ކަންކަން ދަނެގެން އެޗްޑީސީން ގައުމީ ފައިނަލުގައި ސިފައިންނާ ދެކޮޅަށް ކުޅޭނީ ކަންކަން ދަނެގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ