މިޛިކުރަކީ ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ ތެރޭގައި ހިމަނައިގެން މިހާރުވެސް ގިނަ ބައަކު ކިޔަމުންދާ ޛިކުރެކެވެ. އެކަން ނުކުރާ މީހުންނަށް އަންގާލަދީ ހިތްވަރުދިނުމުގެ ގޮތުން ބަޔާންކޮށްލާނަމެވެ.
ކޮންމެ މުސްލިމަކުވެސް ބޭނުންވާނީ މުޅި ދުވަހު ޛިކްރުކުރުންމަތީގައި ދެމިހުންނާށެވެ. ނަމަވެސް މަސައްކަތާއި އެހެން ކަންކަން ވެސް ހުންނަ ގޮތުން އެއީ ކުރަން އެހައި ފަސޭހަކަމަކަށް ނުވެއެވެ. އެކަމެއް ނުވެސް ކުރެވޭނެއެވެ.
އެޙާލަތުގައި މި ޛިކުރަކީ ފަތިސް ނަމާދަށްފަހުގަ އާއި ޢަޞްރުނަމާދަށްފަހު 3 ފަހަރު ޛިކުރުކުރުމުން މުޅި ދުވަހު ޛިކުރުކުރިކަމުގެ ޘަވާބު ދެއްވަވާނެކަމަށް ޢިލްމުވެރިން ބަޔާން ކުރައްވާފައިވާ ޛިކުރެކެވެ.
މިއީ ރަސޫލް ﷺ އެކަލޭގެފާނުގެ އަނބިކަނބަލުން ޖުވައިޔަތުގެފާނަށް ދަސްފުޅުކޮށްދެއްވެވި ޛިކުރެކެވެ.
حَدَّثَنَا دَاوُدُ بْنُ أُمَيَّةَ، حَدَّثَنَا سُفْيَانُ بْنُ عُيَيْنَةَ، عَنْ مُحَمَّدِ بْنِ عَبْدِ الرَّحْمَنِ، مَوْلَى أَبِي طَلْحَةَ عَنْ كُرَيْبٍ، عَنِ ابْنِ عَبَّاسٍ، قَالَ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم مِنْ عِنْدِ جُوَيْرِيَةَ - وَكَانَ اسْمُهَا بَرَّةَ فَحَوَّلَ اسْمَهَا - فَخَرَجَ وَهِيَ فِي مُصَلاَّهَا وَرَجَعَ وَهِيَ فِي مُصَلاَّهَا فَقَالَ " لَمْ تَزَالِي فِي مُصَلاَّكِ هَذَا " . قَالَتْ نَعَمْ . قَالَ " قَدْ قُلْتُ بَعْدَكِ أَرْبَعَ كَلِمَاتٍ ثَلاَثَ مَرَّاتٍ لَوْ وُزِنَتْ بِمَا قُلْتِ لَوَزَنَتْهُنَّ سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِهِ " .
Narrated Abdullah Ibn Abbas:
The Messenger of Allah (ﷺ) went out from Juwayriyyah (wife of the Prophet). Earlier her name was Barrah, and he changed it. When he went out she was in her place of worship, and when he returned she was in her place of worship.
He asked: Have you been in your place of worship continuously? She said: Yes. He then said: Since leaving you I have said three times four phrases which, if weighed against all that you have said (during this period), would prove to be heavier: "Glory be to Allah, and I begin with praise of Him to the number of His creatures, in accordance with His good pleasure, to the weight of His throne and to the ink (extent) of His words."
ޙަދީޘްފުޅުގައި އެވަނީ އެކަމަނާގެ ގަނޑުވަރުކޮޅުން ހެނދުނު ގަނޑުވަރުކޮޅުން ނުކުމެވަޑައިގަތުމަށްފަހު މެންދުރު އެނބުރިގަނޑުވަރުކޮޅަށް ވަޑައިގެންނެވިއިރުވެސް ފަތިސް ނަމާދުކުރައްވަވައިގެން މުސައްލަމަތީގައި ޛިކުރުކުރައްވަވަން ޖުވައިރިޔަތުގެފާނު އިންނެވި ކަމަށެވެ. އަދި ޙަދީޘްފުޅު ކުރެއްވެވި ހެނދުނު ކަމަނާއާއި ވަކިވެވަޑައިގެންނެވިފަހުން ހެނދުނުންސުރެ މިހައިއިރުވަންދެން ކަމަނާ ޛިކުރުކުރެއްވެވުން މަތީގައި އިންނަވައިގެން ކުރެއްވެވި ޛިކުރުތަކަށްވުރެ މީޒާނުގައި ބުރަދަން ބޮޑު ކަލިމަތަކެއް ތިމަންކަލޭގެފާނު ޛިކުރުކުރައްވަވައިފީން ކަމަށެވެ. އަދި އެއީ " لَوَزَنَتْهُنَّ سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِهِ " ކަމަށެވެ.
سُبْحَانَ اللهِ وَبِحَمْدِهِ عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِهِ
"މާތް الله، އެއިލާހަށް ޙަމްދުލިބިވޮޑިގެން ވުމާއެކު ހުސްޠާހިރު ވަންތަވެ ވޮޑިގެން ވެއެވެ. އެއީ އެއިލާހުގެ މަޚްލޫޤުންގެ ޢަދަދާ އެއްވަރަށެވެ. އަދި އެއިލާހުގެ ޛާތުފުޅަށް އެއިލާހު ރުހިވޮޑިގެންވާ މިންވަރަށެވެ. އަދި އެއިލާހުގެ ޢަރްޝުގެ ބަރުދަނާ އެއްވަރަށެވެ. އަދި އެއިލާހުގެ ކަލިމަފުޅުތަކުގެ ގިނަކަމާ އެއްވަރަށެވެ."
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
https://sunnah.com/abudawud:1503
ހެނދުނާ ހަވީރު އެންމެ ތިންފަހަރު މި ޛިކްރު ކިޔާލުމުން މުޅި ދުވަހު ޛިކްރު ކުރުމަށްވުރެ މީޒާނުގައި ބުރަދަން ބޮޑު ޛިކްރު- ނުކިޔާ ތިބެން ހެޔޮވާނެތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ