ރާއްޖޭގެ ޒަކާތު ހައުސްއިން، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި 2.5 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފިއެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވަމުން ދަނީ ޒަކާތު ފަންޑުގެ ދަށުންނެވެ. މި ފައިސާ ދޫކުރަނީ 21 ފެބްރުއަރީ 2024 ގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސިއްޙަތާ ބެހޭ ވުޒާރާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި އެއްބަސްވުމުގެ ކުރިންވެސް 2014 ވަނަ އަހަރުން ފެށިގެން ޒަކާތު ފަންޑުން މިފަދަ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ.
އާބާދީގެ ނިސްބަތުން ބަލާއިރު ރާއްޖެއަކީ ތެލެސީމިއާ ކުދިން ގިނަ ގައުމަކަށް ވުމާއެކު، އެފަދަ ކުދިންނަށް ދޭ ހިދުމަތްތައް ހަރުދަނާކޮށް، ފަރުވާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމެކެވެ.
ބޯންމެރޯ ހެދުމަށް ޒަކާތު ހައުސްއިން 2.5 މިލިއަން ރުފިޔާގެ އެހީ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ