އެމްޑީޕީ އާއި އަދާލަތު ޕާޓީ ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެމްޕޭން ނިންމުމަށް ބާއްވާ ބޮޑު ހިނގާލުން މިއަދު ހަވީރު މާލޭގައި ބާއްވަން ނިންމައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޓީމުން މިއަދު ބުނިގޮތުގައި، މި ހިނގާލުން ފެށޭނީ މިއަދު ހަވީރު 04:00 ގައި ސޯޝިއަލް ސެންޓަރު ކައިރިންނެވެ. ނިންމާނީ އުސްފަސްގަނޑަށެވެ.
ރައީސް ސޯލިހުގެ ކެމްޕޭން ޓީމުން ބުނެފައިވާ ގޮތުގައި، މި ހަރަކާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މާދަމާ ހެނދުނު 08:00 އިން ފެށިގެން ހަވީރު 05:00 އަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހާއެކު ދެން ވާދަކުރައްވަނީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު އެވެ. ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ 39.05 އިންސައްތަ އެވެ. އެއީ 86161 ވޯޓެވެ. ޑރ. މުއިއްޒަށް 46.06 ޕަސެންޓް ލިބިވަޑައިގަތެވެ. އެއީ 101635 ވޯޓެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް 586 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު، ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،804 މީހަކަށެވެ. އެއީ 138،394 އަންހެނުންނާއި 144،410 ފިރިހެނުންނެވެ.
ކެމްޕޭން ނިންމުމަށް، ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާ ބޮޑު ހިނގާލުން މިއަަދު ހަވީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ