ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓްމްސް އަބްދުﷲ ޝަރީފް ރިޓަޔާ ކުރައްވައިފި

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ކޮމިޝަނަރު ޖެނެރަލް، އަބްދުﷲ ޝަރީފު 28 އަހަރަށްފަހު ކަސްޓަމްސްގެ ވަޒީފާއިން ރިޓަޔާ ކުރައްވައިފި އެވެ.
ކަސްޓަމްސްއިން ކުރި ޓްވީޓެއްގައި ބުނީ ޝަރީފުގެ ސީޖީކަމުގެ ދަށުން ކަސްޓަމްސްއަށް ބޮޑު ކުރިއެރިމެއް ލިބިފައިވާ ކަމަށެވެ.
ކަސްޓަމްސް އިން ކުރި އެ ޕޯސްޓުގައި ބުނީ "2020 ވަނަ އަހަރުން ފެށިގެން ސީޖީގެ ހައިސިއްޔަތުން، ޕްރޮސީޖާތައް އޮޓޮމޭޓް ކުރުމާއި، ބޯޑަރު ސެކިއުރިޓީ ވަރުގަދަކުރުމާއި، އެމްސީއެސްގައި އިންޓެގުރިޓީ ޗެމްޕިއަން ކުރުމަށް އޭނާ އިސްކޮށް އުޅުއްވި، ފުރިހަމަ ރިޓަޔަމަންޓަކަށް އެދެން" ކަމަށެވެ.
އަބްދުﷲ ޝަރީފް މަގާމުން މިއަދު ރިޓަޔާ ކުރެއްވިއިރު، އެނާ ކަސްޓަމްސްއަށް ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކޮށް މި އަހަރު ވަނީ ހަނދާނީ ލިޔުމެއް ވެސް ޝަރީފްއަށް އަރުވައިފަ އެވެ.
އަބްދުﷲ ޝަރީފްއަކީ ކަސްޓަމްސްގެ ތެރޭގައި އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލްގެ މަގާމަށް އައްޔަނު ކުރުމުގެ ކުރިން އަބްދުﷲ ޝަރީފް ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައެވެ. ޝަރީފް އެމަގާމަށް އައްޔަނު ކުރީ މީގެ ތިން އަހަރު ކުރިން އެ މަގާމުގައި ހުންނެވި ބޭފުޅާ އަވަހާރަވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ