މި އަހަރު ވެސް ފައިނު ސްކޫލްގެ ދެ ދަރިވަރެއް ގައުމީ ގަދަ 10 ގައި
މި އަހަރު ފައިނު ސްކޫލްގައި ވަނީ 6 ދަރިވަރަކު އޯލެވެލް އިމްތިހާނު ހަދާފައެވެ. އެ އިމްތިހާނުތަކުގެ ނަތީޖާ އިއްޔެ ލިބިފައިވާއިރު، އޭގެތެރެއިން ރ. ފައިނު ބީޗްވިލާ ޒިހާން ރަޝީދު ވަނީ ގައުމީ ގަދަ 10 ގެ 4 ވަނައިގައި ހިމެނިފައެވެ. އޭގެ އިތުރުން ރ. ފައިނު ދޯދި، ރިޒުނާ ޢަބްދުއްރަހީމް ވަނީ ގައުމީ ގަދަ ދިހައެއްގެ ގަދަ 10 ވަނައިގައި ހިމެނިފައެވެ. މި ނަތީޖާއާ އެކު 5 މާއްދާއިން ފާސްވި ނިސްބަތް އުޅެނީ 83.33 އިންސައްތައިގައިކަމަށް ފައިނު ސްކޫލުން މައުލޫމާތު ދެއެވެ. ފައިނު ސްކޫލަކީ އޯލަވެލްގައި ދަރިވަރުން އިމްތިހާނު ހަދަން ފެށިފަހުން ފާހަގަކޮށްލެވޭ ރަނގަޅު ނަތީޖާއެއް ނެރެމުންދާ ސްކޫލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ