ޤައުމެއް ބިނާކުރެވޭނީ ތަޢުުލީމީ ރަނގަޅު ބިންގަލެއް އެޅިގެން ކަމަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއިލް ވިދާޅުވީ ޤައުމެއްގެ ސިފައިގައި މުޙިންމުކަން ދޭންވީ ކޮންކަމަކަށް ކަމަށް މިސަރުކާރަށް ނޭނގޭކަމަށެވެ.
މީކާއިލް ވިދާޅުވީ އެތައް ޒަމާންނެއްވަންދެން ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުނަށް ލިބެންޖެހޭ ޙައްޤު މިންވަރު ކަނޑައެޅިގެން ދިޔައީ އެމްޑީޕީ ސަރުކާރުގައި ކަމަށެވެ.
އެގޮތުން ތަޢުުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ޤައުމެއް ބިނާކުރުމުގައި ކިހާ މުޙިިންމު ބައެއްކަން ދެނެގަތީ އެޕްޑީޕީ ސަރުކާރުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކަމަށް މީކާއިލް ވިދާޅުވިއެވެ. އެހެންނަމަވެސްް ވެރިކަން ބަދަލުވެގެން ދިއުމާއިއެކު އޭރު އެމްޑީޕީއިން ގެންނަން ބޭނުންވި ބަދަލުތަށް ނުގެނެވި ހުހްޓިގެން ގޮސްފައިވާކަމަށް މީކާއިލް ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ޓީޗަކުން އެތައް ގަޑިއިރެއް، ޕޭޕަރު މާކު ކުރަން ތިބެންޖެހޭކަމަށް މީކާއިލް ވިދާޅުވިއެވެ. އެހެނަސް އެފަރާތްތަކަށްވެސް އިތުރުގަޑީގެ މަސައްކަތަށް ލިބެންޖެހޭ ފައިސާ ނުދޭކަމަށް މީކާއިލް ވިދާޅުވިއެވެ.
މިގޮތުން 569.8 މިލިއަން ރުފިޔާ ނުވަތަ ބައި ބިލިއަން ރުފިޔާއިން ކިތައް މުދައްރިސުންނާއި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓާރުންނާއި ނަރުހުންގެ އޯޓީ ކަވަރ ކުރެވޭނެތޯ މީކާއިލް ސުވާލުއުފެއްދެެވިއެވެ. އެންނަމަވެސް މި ސަރުކާރުން މިބައި ބިލިއަން ރުފިޔާ އެޅީ ކޮންތާކަށްތޯ މީކާއިލްވަނީ ސުވާލުކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ޢިޤްތިސާދީ ޙާލަތު 2024 ވަނަ އަހަރު ގޯސްވެފައިވާ ދަނޑިވަޅެއްގައި މި ބައި ބިލިއަން ރުފިޔާ ސަރުކާރުން ޙަރަދުކުރީ ތުރުކީގެ ޑްރޯން ތަކަކަށްކަމަށް މީކާއިލް ތުހުމަތުކުރެއްވިއެވެ.
2024 ވަނަ އަހަރަށްވުރެ މިއަހަރު ޕޭރޯލް 400 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށާއި އެހެނަސް މިފައިސާދަނީ އެއްވެސް ތަޖުރިބާއެއް ހުނަރެއް ތަޢުލީމެއްނެތް ވަކި ސިޔާސީ ޕާޓީއަކަށް މަންފާ ހޯދުމަށް ނުވަތަ އެޖެންޑާ ފެތުރުމަށް އައްޔަނުކޮށްފައިތިބި ސިޔާސީ މުވައްޒަފުން ތަކަކަށް ކަމަށް މީކާއީލް ވިދާޅުވިއެވެ.
މީކާއިލް ވަނީ މިލިބޭ މަދު ފައިސާކޮޅު މިލިޓަރީ ކަންކަމަށް ޙަރަދުނުކޮށް ތަޢުލީމަށާއި ޞިއްޙަތަށް ޙަރަދުކިުރުމަށް ގޮވާލައްވާފައެވެ. އަދި މީކާއިލްވަނީ ތަކުރާރުކޮށް ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުނަށް ލިބެންޖެހޭ ޙައްޤު އޯޓީ ދިނުމަށް ގޮވާލާފައެވެ.
ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް ހައްގުވާ އޯޓީ ލިބެން ޖެހޭ: މީކާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ