އައު ކައުންސިލަރުން ހުވާކުރުމާއެކު، ދައުލަތް ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ މި ވަގުތަކީ ރާއްޖެއަށް ނުހަނު މުހިންމު ދަނޑިވަޅެއްކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިހާރު މިއޮތީ ރާއްޖެއަށް މުހިންމު ބަދަލުތަކެއް ގެންނަންޖެހި، ރައްޔިތުންގެ ފުދުންތެރިކަން މިހާރަށްވުރެ އެތައް ގުނައަކުން އިތުރުކުރަން މަޖުބޫރުވެފައިވާ ވަގުތެކެވެ. އަދި މުޅި ދައުލަތުގެ އޮނިގަނޑަށާއި، ވެރިކަން ހިންގުމުގެ ނިޒާމަށް އައު ވިސްނުންތަކެއް ތަޢާރަފުކުރަން ޖެހިފައިވާ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. މި ބޮޑެތި ލަނޑުދަނޑިތައް ހާސިލުކުރެވޭނީ، މިއަދު މަޤާމުތަކާ ހަވާލުވި ކައުންސިލްތަކުގެ ވިސްނުމާއި، މަޝްވަރާއާއި، އަމަލީ ބައިވެރިވުން އިންތިހާއަށް ލިބިގެންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދު ހުވާކުރި އައު ކައުންސިލަރުންނަށް މަރުޙަބާ ވިދާޅުވަމުން، ފައްޔާޒްގެ ވާހަކަފުޅު ބިނާކުރެއްވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ދައުލަތް ހިންގުމަށް ގެންނަންޖެހޭ އިޞްލާޙުތަކުގެ މައްޗަށެވެ. އިދިކޮޅު ލީޑަރުންގެ މިފަދަ ބަޔާންތަކުން ދޭހަވަނީ، ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާރަވެރިވުމާއި، ރަށްރަށުގެ ތަރައްޤީގެ ކަންކަމުގައި ކައުންސިލްތަކުގެ ބާރުވެރިކަން ދެމެހެއްޓުމަށް އިދިކޮޅު ފަރާތްތަކުން ވަރުގަދައަށް ވަކާލާތުކުރާނެ ކަމެވެ.
އައު ކައުންސިލަރުން ހުވާކުރުމާއެކު، ދައުލަތް ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަންޖެހޭ: ފައްޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ